logoEN
ޚަބަރު

ދިރާސީ އާ އަހަރު ފަށާނީ އެޕްރީލް 7ގައި

އާމިނަތު ސަފާއާމިނަތު ސަފާ

24 ފެބްރުއަރީ 2025 - 13:12

2025 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފަށާނީ އަންނަ އެޕްރީލް މަހުގެ 7ގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅައި، ދިރާސީ ކަލަންޑަރު އާންމުކޮށްފިއެވެ.

މީގެ ކުރިން އެ އެޑިޔުކޭޝަން މިނިސްޓްރީން އާންމު ކުރި ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރު ފަށަން އޮތީ އެޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ. ޓީޗަރުން ރިޕޯޓް ކުރަން އޮތީ އެޕްރީލް މަހުގެ ތިންވަނަ ދުވަހުއެވެ. އިއްޔެ ނެރުނު ދާއިއިމީ ކަލަންޑަރުގައި، ޓީޗަރުން ރިޕޯޓްކުރަން ޖެހޭ ދުވަހަކީ އެޕްރީލް މަހުގެ 5ވަނަ ދުވަސް ކަމަށް ކަނޑައަޅާފައެވެ.

ފުރަތަމަ ޓާމުގެ ޗުއްޓީ ޖުލައި 24 ގައި ލިބޭއިރު ކިޔަވައިދޭން ފަށާނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުގައި ކިޔަވައިދޭ ދުވަސްތަކުގެ އަދަދު ވަނީ މަދުވެފައެވެ. ކުރިން 83 ދުވަސް ކިޔަވައިދޭ ގޮތަށް އޮތް ނަމަވެސް ފަހުން ގެނައި ބަދަލާއެކު ފުރަތަމަ ޓާމުގައި ކިޔަވައިދޭނީ 81 ދުވަހުއެވެ. ދެވަނަ ޓާމުގައި ކިޔަވައިދޭނީ 99 ދުވަހުއެވެ. މިއީ ކުރިން ނެރުނު ކަލަންޑަރުގައި ބުނެފައިވާ ދުވަހަށް ވުރެ ދެ ދުވަހުގެ އިތުރުވުމެވެ. މުޅި ޖުމްލަ ކިޔަވއިދޭނީ 180 ދުވަހުއެވެ.

ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ.

ކޮމެންޓް

871x217_placeholder