logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިކަމާބޭހޭ ކޮލެޖުގެ އައުޓްރީޗް ސެންޓަރު ކޮލަމާފުށީގައި ޤާއިމު ކުރަނީ

އަޙްމަދު ޒަލީފް
25 ފެބްރުއަރީ 2025 - 14:04
މަސްވެރިކަމާބޭހޭ ކޮލެޖުގެ އައުޓްރީޗް ސެންޓަރު ކޮލަމާފުށީގައި ޤާއިމު ކުރަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފިޝަރީޒް ކޮލެޖުގެ އައުޓްރީޗް ސެންޓަރު ގއ.ކޮލަމާފުށީގައި ޤާއިމްކުރުމަށް ހަމަޖައްސައި، އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މަސްވެރިކަމާބެހޭ ތަޢުލީމާ ތަމްރީންދޭ ކޮލެޖް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މަސްވެރިކަމާބެހޭ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއް ޤާއިމުކުރުމަކީ ޤާނޫނީގޮތުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާގެ މައްޗަށް ލާޒިމްކޮށްފައިވީނަމަވެސް އެމަސައްކަތް މިހާތަނަށް ކުރެވިފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ އެމަސައްކަތް ފައްޓަވާފައެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ފަރާތުން ސޮއިކުރެއްވ،ީ ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމްއެވެ، އަދި ކޮލަމާފުށީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކައުންސިލުގެ ރައީސް އިބްރާހީމް ވަޙީދުއެވެ.

ރާއްޖޭގެ ކަނޑުތަކުން ލިބެންޖެހޭ ޙަގީގީ ނަފާ އަންދާޒާކުރެވޭނީ ކަނޑު އަޑީގައި ހުރި ވަޞީލަތްތައް އެނގިގެންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް ކޮލެޖް ވެގެންދާނީ މިދާއިރާ އިތުރަށް ކުރިއަރައި މީހުން ބިނާކޮށް، ކަނޑުގެ ޙަގީގަތްތައް ޢިލްމީ ނަޒަރިއްޔާއަކުން ބެލުމަށް އެޅިގެންދާ ބިންގަލެއްކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.

ޤައުމީ ޔުނިވަސިޓީން ވިދާޅުވީ ކޮލަމާފުށީގައި ތަރައްޤީކުރާ ފިޝަރީޒް ކޮލެޖުގެ އައުޓްރީޗް ސެންޓަރ ވެގެންދާނީ ކޮލަމާފުށްޓަށާއ،ި މުޅި ހުވަދޫއަށްކުރިއެރުން ގެނުވައިދޭނެ ބޮޑު މަޝްރޫއެކަށްކަމަށެވެ. 15000 އަކަފޫޓްގެ ސަރަޙައްދެއްގައި ޤާއިމު ކުރާ އައުޓްރީޗް ސެންޓަރުން ދިރާސާތައް ކުރުމާއި ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ލިބ،ި އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވޭނެކަމަށްވެސް އެމްއެންޔޫއިން ވިދާޅުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުޢާ އަކީ ގައުމީ ޔުނިވާސިޓީ އަކީ ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުން: ރައީސްޚަބަރު | 16 ދުވަސް ކުރިންއެމްއެންޔޫގެ ޕީ.އެޗް.ޑީ އިން ޕަބްލިކް ހެލްތް ކޯހަށް ހުޅުވާލައިފިޚަބަރު | 20 ދުވަސް ކުރިންކުދިން ހޯދުން ދަތިވަނީ އުޅެންޖެހޭ މާޙައުލުގެ ދަތިކަމުން - ދިރާސާ ޚަބަރު | 4 މަސް ކުރިން ޤައުމީ ޔުނިވާސިޓީގެ ޖޮބް ފެސްޓިވަލް މި މަހު ބާއްވަނީ ޚަބަރު | 4 މަސް ކުރިން