ދުޢާ އަކީ ގައުމީ ޔުނިވާސިޓީ އަކީ ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުން: ރައީސް
1 ސެޕްޓެމްބަރު 2025 - 05:26

ރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރައިދާ ތަނަކަށްވުމަކީ ކުރައްވާ ދުޢާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޤައުމީ ޔުނިވާސިޓީގެ 52 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މި އުފާވެރި އަހަރީ ދުވަހު އެމަނިކުފާނުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުން ކަމުގައެވެ.
ރައީސް ވަނީ، ޤައުމީ ޔުނިވަރސިޓީގެ ހީވާގި ޓީމަށާއި ލޮބުވެތި ދަރިވަރުންނަށް "ބާވަންނަ" އަހަރު ފުރުމުގެ މުނާސަބަތުގައި މަރްޙަބާއާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އަކީ މަތީ ތައުލީމު ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ދުވަސްވީ، އެންމެ ފާހަގަކޮށްލެވޭ އިލްމީ މަރުކަޒެވެ. ވެރިރަށް މާލޭގައި އެ ޔުނިވާސިޓީގެ މައި ކެމްޕަސް ހުންނައިރު، އަތޮޅުތެރޭގައި އެ ޔުނިވާސިޓީން ހަތަރު ކެމްޕަހެއް ހިންގައެވެ. އެގޮތުން ކުޅުފުއްފުށީސިޓީގައި އާއި ލ. ގަމުގެ އިތުރުން އައްޑޫ ހިތަދޫގައި ވެސް އަދި ގދ. ތިނަދޫގައި ވެސް އެމްއެންޔޫގެ ކެމްޕަހެއް ހުރެއެވެ.
އެމްއެންޔޫ ވުޖޫދުކޮށްފައި ވަނީ 1973 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެކަމަކު އޭރު އެ ޔުނިވާސިޓީއަށް ކިޔަނީ އެލައިޑް ހެލްތު ސާވިސަސް ޓްރެއިނިން ސެންޓަރެވެ. އެތަނުގެ ނަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ނަމަށް ބަދަލުކޮށްފައި ވަނީ 2011 ވަނަ އަހަރުއެވެ.
ޤައުމީ ޔުނިވާސިޓީން އަންނަނީ އެ ޔުނިވާސިޓީން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު ރނަގަލުޚޮށް މުޅި ރާއްޖެއަށް ޢިލްމު ފެތުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއަކީ ޢިލްމު އުފެއްދުމާއި، ހޯދުމާއި، ރައްކާތެރިކުރުމާއި، ފެތުރުމުގެ މިޝަނަކާއެކު، މަތީ ތައުލީމު ހާސިލްކުރާ ކޮންމެ ކުއްޖެއްގެ ދިރިއުޅުމާއި ކުރިއެރުވުމަށް ޚާއްސަ ތަނެކެވެ. މި ޤައުމުގެ ސަޤާފީ، އިޖްތިމާޢީ، އަދި އިޤްތިޞާދީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ތަނެއެވެ.
ރާއްޖޭގައި އެންމެ ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީގައި 200އަށް ވުރެއް ގިނަ ކޯސް އަންނަނީ ހިންގަމުންނެވެ. އެގޮތުން ފައުންޑޭޝަނުން ފެށިގެން ޕީއެޗްޑީއާ ހަމައަށް މިހާރު އަންނަނީ ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދެމުންނެވެ.