logo
Bank of Maldives

Bank of Maldives

ޚަބަރު

އަސާސީ ބޭނުންތަކަށް ތަކެތި ގެނައުމަށް ޑޮލަރު ވިއްކި މިންވަރު ފުރަތަމަ ކުއާޓަރުގައި %142 އިތުރުވެއްޖެ

މަރިޔަމް މާޙީ
28 އޭޕްރީލު 2026 - 05:28
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދް--- ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދް--- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލާއި ކާބޯތަކެތި އެތެރެކުރުމަށް ވިޔަފާރިތަކަށް ޑޮލަރު ދޫކުރާ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ވިޔަފާރިތަކަށް ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކަށް މުދާ ގެނައުމަށާއި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ޖުމްލަ 106.2 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 35.4 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރު މި ބޭނުމަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް ވިއްކާފައިވަނީ 14.6 މިލިއަން ޑޮލަރު ކަމަށްވާއިރު، މިއީ 142 އިންސައްތައިގެ ބޮޑު އިތުރުވުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، މި އަހަރުގެ އޭޕްރިލް 16 އާ ހަމައަށް 25.2 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކުން ބުނެފައިވާކަން މިނިސްޓަރު ފާހަކުރެއްވިއެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެ ގުނައިގެ ކުރިއެރުމެކެވެ.

އަދި ފުރަތަމަ ތިން މަސް ތެރޭގައި ކްރެޑިޓް އަދި ޑެބިޓް ކާޑު މެދުވެރިކޮށް މުއާމަލާތް ކުރުމަށް 119.9 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މަހަކަށް އެވްރެޖްކޮށް 40 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 23 އިންސައްތަ އިތުރު އަދަދެކެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ވިޔަފާރިވެރިންނާ ވަރަށް ގާތުން ކޮންމެ ދުވަހަކު މުއާމަލާތް ކުރަމުންދާ ކަމަށެވެ. އެގޮތުން، އިއްޔެ އެކަނިވެސް ހޯމް މިނިސްޓަރު އަލީ އިހްސާން އާއެކު 200 އަށްވުރެ ގިނަ ވިޔަފާރިވެރިންނާ ބައްދަލުކޮށް، ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި މިދިޔަ ހަފްތާގައި އަސާސީ ބާވަތްތައް ރާއްޖެ އެތެރެކުރާ ފަރާތްތަކާއި ހުރިހާ ބޯޑާ އެޖެންސީތަކާ ބައްދަލުކޮށް، އެފަރާތްތަކުގެ އަޑު އަހާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކާ އެއްގޮތަށް ސަރުކާރުން ދަނީ ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަގީގަތް އޮޅޭގޮތަށް ވާހަކަ 'ޓްވިސްޓް' ކުރަން މަސައްކަތް ނުކުރައްވާ: މިނިސްޓަރު ސައީދުޚަބަރު | 2 ގަޑިއިރު ކުރިންއަސާސީ ބޭނުންތަކަށް ތަކެތި ގެނައުމަށް ޑޮލަރު ވިއްކި މިންވަރު ފުރަތަމަ ކުއާޓަރުގައި %142 އިތުރުވެއްޖެޚަބަރު | 3 ގަޑިއިރު ކުރިންރައީސަށް ދޮގު ތުހުމަތުކުރާ ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން 'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރަނީޚަބަރު | 16 ގަޑިއިރު ކުރިންވަޒީރުންނަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިޚަބަރު | 19 ގަޑިއިރު ކުރިން