logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް، ބައިނަލްއަޤްވާމީ އޮލިމްޕިކް ދުވަހާއި ޚިދުމަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް، ބައިނަލްއަޤްވާމީ އޮލިމްޕިކް ދުވަހާއި ޚިދުމަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބައިނަލްއަޤްވާމީ އޮލިމްޕިކް ދުވަހާއި ޚިދުމަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

މީސްމީޑިއާގައި ވަކިވަކިން ކުރެއްވި ޕޯސްޓުގެ ތެރެއިން ބައިނަލްއަޤްވާމީ އޮލިމްޕިކް ދުވަހުގެ މުނާސަބާގައި ފޮނުއްވި މެސެޖުގައި މިދުވަސް ފާހަގަކުރަމުންދާއިރު، ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ކުޅުންތެރިންނާއި، ކޯޗުން އަދި އުންމީދީ ޒުވާނުންގެ އަގު ވަޒަންކުރައްވާކަން ހާމަކުރައްވާފައި ވެއެވެ. އަދި މިއީ، ކާމިޔާބީގެ އަސްލަކީ ވަރުގަދަ ޢަޒުމާއި، ނަމޫނާ އަޚްލާޤާއި، ނުގުޑާފަދަ ހިތްވަރުކަން އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ މުނާސަބަތެއްކަމަށް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ކޮންމެ ދިގު ދަތުރެއްގެވެސް ފެށުމަކީ އެޅޭ ފުރަތަމަ ފިޔަވަޅުކަން މިއަދު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ހާމަވެގެންދާ ކަމަށާއި ޒުވާނުންނަކީ ކުޅިވަރާއި ހަށިހެޔޮކަމަށް ލޯބިކުރާ ބަޔަކަށް ހެދުމަށާއި، އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ސާބިތުކަމާއެކު ކުރިއަށް ގޮސް، އެކުދިންގެ ކިބައިގައިވާ ފުރިހަމަ ޤާބިލިއްޔަތު ހާމަކުރުމަށްޓަކައި ފުރުޞަތުތައް ފަހިކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އުންމީދަކީ، ކުޅިވަރުގެ ޒަރީޢާއިން ޒުވާނުން ބާރުވެރިވެ، ޤައުމު އިތުރަށް ވަރުގަދަވެ، ދުނިޔޭގެ އެކި ޤައުމުތަކާއި ރައްޔިތުންގެ މެދުގައި އެކުވެރިކަމުގެ ބަދަހި ގުޅުންތަކެއް ޤާއިމްވެގެން ދިއުން ކަމަށެވެ.

މިއަދު ފާހަގަކުރަމުންދާ އދ. ގެ ބައިނަލްއަޤްވާމީ ޕަބްލިކް ސަރވިސް ޑޭ ނުވަތަ ޚިދުމަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓުގައި މުޖުތަމަޢުތަކުގެ ކުރިއެރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކުގެ ރައްކާތެރިކަމަށްޓަކައި ވަރުބަލިކަމެއްނެތި މަސައްކަތް ކުރައްވަމުންދާ ޚިދުމަތްތެރިންގެ އިޚްލާޞްތެރި އަދި ވަރުގަދަ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާކަމަށް ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށާއި، ނަޒާހަތްތެރިކަމާއި މޮޅު ހުނަރާއެކު ޚިދުމަތްކުރައްވާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަޤީންކަން އަލުން ކަށަވަރުކޮށްދެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ޚިދުމަތްތެރިންނާއި މުއައްސަސާތަކުން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ބަހައްޓަވާ ސާބިތުކަމާއި، މެދުނުކެނޑި ދެއްވަމުންދާ ޚިދުމަތްތަކަށްޓަކައި އިޚްލާޞްތެރި ޝުކުރެއް އަދާކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ބައިނަލްއަޤްވާމީ އޮލިމްޕިކް ދުވަހާއި ޚިދުމަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިޚަބަރު | ގަޑިއިރެއް ކުރިންދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގާނެ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިޚަބަރު | ދުވަހެއް ކުރިން ޝައިޚް އިސްމާއީލް އަވަހާރަވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފިޚަބަރު | 2 ދުވަސް ކުރިން''އެންމެ އިސްކަމެއް ދެނީ މުޅި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް އަލުން ކޮޅަށް ޖެހުމަށް''ޚަބަރު | 3 ދުވަސް ކުރިން