ޝައިޚް އިސްމާއީލް އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި
21 ޖޫން 2026 - 03:19

އިސްލާމްދީން ކުރިއެރުވުމުގައި ރާއްޖޭގައި ބައި ގަރުނަށްވުރެ ގިނަ ދުވަހު އަގުހުރި މަސައްކަތްތަކެއް ކުރެއްވި ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދު (ތޮއިބާ ޝައިޚް) ރޭ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަނިކުފާނުގެ ޢާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ މައްޗަންގޮޅީ ފީރޯޒްވާދީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އެމަނިކުފާނަށް އިޙްސާސް ކުރުވި ކަމެއް ކަމަށެވެ.

Ad by Hajj Corporation
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެމަނިކުފާނަކީ ދިވެހި ޤައުމަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގެ އިސް ސަފުގައި ތިއްބެވި އެތައް ބޭފުޅެއްގެ އުސްތާޛެއްވެސްމެއެވެ.
ދީނީ ޢިލްމު ފެތުރުއްވުމުގެ އިތުރުން، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިޢު ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެއްކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
Bai garunu Islam dheenah khidhumaiykurevvi seikh Ismail avahaara vejje | Mendhuru TvTikTokYouTubeInstagramXFacebook
ދ. މީދޫ އަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށް ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި، މާތްﷲގެ ރަޙްމަތާއި ސުވަރުގޭގެ މަތިވެރި ނިޢުމަތް މަރްޙޫމަށް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.


