logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިކަމުގެ ސިނާޢަތް ކޮޅަށްޖެއްސެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތަފްސީލް ރައީސް ހާމަކުރައްވައިފި

ޒިދާން މުޙައްމަދު
19 ޖޫން 2026 - 12:46
މަސްވެރިކަމުގެ ސިނާޢަތް ކޮޅަށްޖެއްސެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތަފްސީލް ރައީސް ހާމަކުރައްވައިފި

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް މިހާރު އޮތް ހާލަތުން އަރައިގަނެ، އެ ސިނާޢަތް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިއްސާކުރައްވައިފިއެވެ. އެމަނިކުފާނު މި މައުލޫމާތު ހާމަކުރެއްވީ މިއަދު ޝާއިޢުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ހުރަސް އަޅައިގެން އެއްވެސް ފަރާތަކަށް ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާޢަތް ހަރުދަނާކުރުމަށް މިފްކޯގެ ހިންގުމަށް ގެނެވުނު ބަދަލުތަކުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ މަސްގަންނަ އަގު ކިލޯއަކަށް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓުން ކަމަށާއި، ފުރުސަތު ލިބުނު މިންވަރަކުން އެއަށްވުރެ އަގު މަތިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ މަސްވެރިންނަށް އެންމެ ރަނގަޅު އަގެއް ހޯދައިދެވޭނީ ބޮޑުކަންނެލީގެ ބާޒާރަށް މިފްކޯ އަލުން ވެއްދިގެން ކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދަވާނީ މަސްވެރިންގެ ބައިވެރިވުމާއެކު ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުން ދިވެހި މަހުގެ އުފެއްދުންތަކުން ޓެރިފް ކަނޑާލާފައި އޮތް އޮތުން ދާއިމީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކުންފުނިތައް އެންމެ އެކަށޭނަ ސައިޒަށް ކުޑަކުރުމުން މަސްވެރިކަމުގެ ސިނާޢަތަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުވެގެންދާނެ ކަމަށެވެ. މީގެ ކުރިން ކުންފުނިތަކަށް މީހުން ޖަމާކުރުމުގެ ސަބަބުން މަސްވެރިކަމަށް މީހުން ލިބުމުގައި ދަތިތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތަށް ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މާލޭ ސިޓީގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓެއް ތަރައްޤީކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށް، ވަށާޖެހޭ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން މަސްވެރިންގެ ހުރިހާ ކަންބޮޑުވުންތަކަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހައި، މަހުގެ އަގު 20 ރުފިޔާގައި ހިފަހައްޓަވާނެކަމަށް ރައީސް ވިދާޅުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންމަސްވެރިކަމުގެ ސިނާޢަތް ކޮޅަށްޖެއްސެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތަފްސީލް ރައީސް ހާމަކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިންވެލާ ބިސްއަޅާ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ އަޒުމް ރާއްޖެއިން އާކޮށްފިޚަބަރު | 2 ދުވަސް ކުރިން