logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސަށް ދޮގު ތުހުމަތުކުރާ ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން 'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރަނީ

ޒިދާން މުޙައްމަދު
27 އޭޕްރީލު 2026 - 15:58
ރައީސަށް ދޮގު ތުހުމަތުކުރާ ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން 'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދޮގު ތުހުމަތުތަކެއްކޮށް، 'އައިޝާ' ގެ ނަމުގައި 'އަދަދު' ނޫހުން ދެއްކި ޑޮކިއުމަންޓްރީއާ ގުޅިގެން 'އަދަދު' ހިންގާ އޮފީސް ފުލުހުން  ބަލާފާސްކުރަން ފަށައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ފޮރެންސިކް ޓީމަކުން ވަދެ 'އަދަދު' ނޫހުގެ އޮފީސް ބަލައި ފާސްކުރަމުން ދަނީ، އެ ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކަން ދޮގުކުރައްވައި، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ، ވަނީ ރައީސުލްޖުމްހޫރިއްޔާ ކައިވެނިން ބޭރުގައި އަންހެނަކާ އެކީ ގުޅުމެެއް ބޭއްވިކަމަށާއި، އަދި ރައީސް ގެ އޮފީހުގެ ކެބިންގައި އެކަހެރިކޮށް ބައްދަލުކުރެއްވިކަމަށް ބުނެފައެވެ. އަދި އެ އަންހެން މީހާއަށް ފައިސާ ދިން ކަމަށާއި އެ ވާހަކަތަކަކީ ތެދު ވާހަކަތަކެއްތޯ ސުވާލުކޮށްފައެވެ.

މިސުވާލަށް ޖަވާބު ދެއްވާ ރައީސް ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، އަދަދު ނޫހުން ދޮގު ވާހަކަ ހިމެނޭހެން ވީޑިއޯ ހެދިކަމަށް އަމިއްލައަށް އިއުތިރާފު ވެފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މިފަދަ ދޮގު ވާހަކަތަކެއް ފެތުރި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ކިބައިން އެދިލައްވާ ކަމަށެވެ.

އަދަދު ނޫހުން ތިވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ތިބޭފުޅުން ވީޑިއޯ އެއް ހެއްދެވި ކަމަށް ތި އިއުތިރާފްވެވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާ ކުރުން އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން. ދެން ތިބޭ ފުޅުންނަކީ ދޮން އަމާގެ ވީޑީއޯ ވެސް ހެއްދެވި ބޭފުޅުން ތެދެއްތޯ. އެކަހަލަ ވީޑިއޯ އެއް ހެއްދެވި ދާނެ އަނެއްކާ ވެސް ތިބޭފުޅުންނަށް. އެހެންވީމަ އަޅުގަނޑު ހައިރާނެއް ނުވޭ ތިހެން ވިދާޅުވީމަކާއެއް.

ރައީސް އޮފީހުގެ ތެރޭގައި ހިނގި ކަމަށް ބުނާ މިހާދިސާގެ މައްޗަށް 'އަދަދު' ނޫހުން ވަނީ  "އައިޝާ" ނަމުގައި ޑޮކިއުމެންޓްރީއެއް 28 މާޗް 2026 ގައި އާއްމުކޮށްފައެވެ. އެއާއެކު ވަރަށް ބޮޑަށް ޑޮކިއުމެންޓްރީ އާއްމުވެގެން ދިޔައެވެ. އަދި މިހާރު ޑޮކިއުމެންޓްރީގެ މައްސަލަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވެސް ދަނީ ބަލަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސަށް ދޮގު ތުހުމަތުކުރާ ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން 'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރަނީޚަބަރު | 2 ގަޑިއިރު ކުރިންވަޒީރުންނަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންމާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމައިފިޚަބަރު | 10 ގަޑިއިރު ކުރިންއޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބަކަށް އާރުޓީއެލްގެ ޚިދުމަތް ފަށަނީޚަބަރު | 10 ގަޑިއިރު ކުރިން