ށ. އަތޮޅުން ވެސް ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފި


26 ފެބްރުއަރީ 2025 - 04:27
ދިވެހި ސަރުކާރުން ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ށ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންސް މުހައްމަދު ޝަމްއާން ވަހީދެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކޮށްފައިވާ ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ޚިދުމަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުންނެވެ.
މި ޚިދުމަތް ށ. އަތޮޅުގައި ފެށުމާއެކު، މިހާތަނަށް ޖުމްލަ 9 އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ވަނީ ފަށާފައެވެ. މީގެ އިތުރުން، މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.
މި ޚިދުމަތް ފެށުމުން، ށ. އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓު ހެއްދުމަށް މާލެއަށް ދަތުރުކުރަން ނުޖެހި، އަތޮޅުގެ ތެރެއިން މި ޚިދުމަތް ލިބިގެންދާނެއެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަނެއްކާވެސް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އިތުރު ލިޔުންތައް

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ފޭރެނީ
8 މަސް ކުރިން
އިމިގްރޭޝަން އޮފިސަރުން ބަލައި ފާސްކުރަން ދާނީ ޔުނިފޯމްގައި، ކާޑު ވެސް އޮންނާނެ
8 މަސް ކުރިން
ގަވާއިދާ ހިލާފަށް އުޅޭ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި
8 މަސް ކުރިން