logoEN
ޚަބަރު

ޕާސްޕޯޓުގެ ޚިދުމަތް ށ. އަތޮޅުގައި ފަށައިފި

އާމިނަތު ސަފާއާމިނަތު ސަފާ

26 ފެބްރުއަރީ 2025 - 06:37

ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ށ. އަތޮޅުގައި ފަށައިފިއެވެ.

މިކަން ހާމަކުރައްވާ އިމިގްރޭޝަނުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ށ. ފުނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފައިވާ ކަމަށެވެ.

މި ޚިދުމަތް އެ އަތޮޅުގައި ފައްޓަވައިދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދުއެވެ. އަދި އަރިހުގައި އަދި

ށ. އަތޮޅުގެ ރައީސް މުޙައްމަދު ޝިޔާމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ ށ. އަތޮޅުގައި ޚިދުމަތް ފެށުމާއެކު އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓްތައް އެ އަތޮޅުން ނެގޭނެ ކަމަށެވެ.

މިއީ މިލަދުންމަޑުލު އުތުރުބުރީގައި އިމިގްރޭޝަންގެ ޚިދުމަތް ފެށިގެންދިޔަ ފުރަތަމަ ފަހަރެވެ.

undefined

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.

މި މަސައްކަތުގެ ދަށުން މިހާތަނަށް 9 އަތޮޅެއްގައި ޕާސްޕޯޓް ޚިދުމަތް ވަނީ ފަށާފައެވެ. އަދި މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ކޮމެންޓް

871x217_placeholder