ވަސީލަތްތައް ގާއިމުކޮށް އޮޅުހިޔާއަށް ބުޅާތައް ގެންދަން ފަށައިފި


28 ފެބްރުއަރީ 2025 - 10:34
އެންމެ 16 ގަޑިއިރުގެ ތެރޭގައި ވަސީލަތްތައް ގާއިމުކޮށް ބުޅާތައް ގެންދަންފަށައިފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ގާއިމުކޮށްފައިވާ "އޮޅު ހިޔާ" މާލެ ސިޓީ ކައުންސިލުން ސަރުކަރާ ރަސްމީކޮށް ހަވާލުކުރިތާ 16 ގަޑިއިރުތެރޭ އެތަނަށް ބޭނުންވާ ވަސީލްތްތައް ހަމަކޮށް ބުޅާތައް ގެންދަން ފަށާފައިވާކަމަށެވެ.
އަދި މިހާތަނަށް، 15 ބުޅާ ވަނީ އެތަނަށް ގެނެވިފައިކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މިއީ މި ސަރުކާރުގެ ހަފްތާ 14ގެ ވަޢުދުތަކުގައި ހިމެނޭ ކަމެކެވެ.
"އޮޅު ހިޔާ" އަކީ މި ސަރުކާރުގެ އިސްނެންގެވުމުގެމަތީން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. އަދި މި މަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ޤަވާއިދުތަކަކާއި ޢުޞޫލުތަކެއް ތަންފީޒުކުރުން ހިމެނެއެވެ.
އިތުރު ލިޔުންތައް

ގްރީންހައުސް އިނީޝިއޭޓިވް ފުޅާކުރުމަށް އިތުރު ފަސް ރަށެއް ބައިވެރިވެއްޖެ
7 މަސް ކުރިން
ދަނޑުވެރިކަމުގައި ކެމިކަލް ބޭނުންކުރުން މަދުކޮށް، ގުދުރަތީ ގޮތްތައް ބޭނުންކުރަން ވަޒީރުގެ ލަފާފުޅު
2 މަސް ކުރިން
އިފާޑްގެ ގަވާނިން ކައުންސިލް މީޓިންގައި ބައިވެރިވެވަޑައިނެވުމަށް ވަޒީރު މާރިޔާ އިޓަލީއަށް
2 މަސް ކުރިން