logo
Bank of Maldives

Bank of Maldives

ޚަބަރު

އިފާޑްގެ ގަވާނިން ކައުންސިލް މީޓިންގައި ބައިވެރިވެވަޑައިނެވުމަށް ވަޒީރު މާރިޔާ އިޓަލީއަށް

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ

އިންޓަނޭޝަނަލް ފަންޑު ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ 48 ވަނަ ގަވާނިން ކައުންސިލް މީޓިންގައި ބައިވެރިވެވަޑައިނެވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އިޓަލީއަށް މިއަދު ފުރާވަޑައިނަވައިފިއެވެ.

މި މަހުގެ 12 އިން 13 އަށް، އިޓަލީގެ ރޯމްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ ޚާއްސަކޮށް ޖަޒީރާ ޤައުމުތަކުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އުސޫލުތައްކަށް ގެނެވިދާނެ ހެޔޮ ބަދަލުތަކާއި ހަރުދަނާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން، ބާއްވާ ބައްދަލުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި، ސްޓޭޓުންގެ އިތުރުން ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ބައިވެރިވެވަޑައިނަވާ، ތަޖްރިބާ ހިއްސާކުރުމާއި، މަޝްވަރާތައް ކުރިޔަށް ގެންދެވޭނެއެވެ.

މިފަދަ ބައްދަލުވުންތަކުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި، އިރުުޝާދުގެ އަލީގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވާ، ހަރުދަނާ ކުރުމަށް އެހީއަކަށް ވެގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދައަށް މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ގާއިމް ކުރަނީޚަބަރު | 2 ދުވަސް ކުރިން"ނޭޝަނަލް އެގްރޯފޮރެސްޓްރީ ޕޮލިސީ" ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިޚަބަރު | 10 ދުވަސް ކުރިންވާދޫ ގްރީން ފާމްއަކީ މުޅި ގައުމަށް ހުރި ނަމޫނާއެއް: މިނިސްޓަރޚަބަރު | 10 ދުވަސް ކުރިންމިވަގުތު އޮޅުހިޔާގައި 250 އަށްވުރެ ގިނަ ބުޅާ ބަލަހައްޓާޚަބަރު | 25 ދުވަސް ކުރިން