logo
Bank of Maldives

Bank of Maldives

ޚަބަރު

ދަނޑުވެރިކަމުގައި އެއްރަށުގެ ތަޖުރިބާ އަނެއްރަށާއި ހިއްސާކުރުމަކީ ކުރިއެރުމެއް

އާމިނަތު ޝަފާ
14 ފެބްރުއަރީ 2025 - 11:07
ދަނޑުވެރިކަމުގައި އެއްރަށުގެ ތަޖުރިބާ އަނެއްރަށާއި ހިއްސާކުރުމަކީ ކުރިއެރުމެއް

ދަނޑުވެރިކަމުގައި އެއްރަށުގެ ތަޖުރިބާ އަނެއްރަށާއި ހިއްސާކުރުމަކީ ދަނޑުވެރިކަމުގެ ސިނާއަތަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެންވިދާޅު މިލަދުންމަޑުލު އުތުރުބުރީ ކައުންސިލް އިދާރާގެ މުއައްޒަފުން އައްޑޫ މީދޫ އަށް ކުރެއްވި ޒިޔާރަތުގައި ޒުވާން ދަނޑުވެރިޔާގެ ޑްރަގަން ފުރުޓް ފާމް އަދި ފްރެޝް ޔީލްޑް (ކިއުކަމްބާ ) ފާމް އަށް ޒިޔާރެއްކުރުމުން ދަނޑުވެރިކަން ކުރައްވާ ގޮތުގެ މައުލޫމާތު ހިއްސާކުރުމާއި ގުޅިގެން، އެކަން ފާހަގަކުރައްވާ ކުރެއްވި ޕޯސްޓްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ދަނޑުވެރިކަމުގެ ތަޖުރިބާ އެހެން ރަށްރަށާ ހިއްސާކުރެވިގެންދިއުމަކީ ވަރަށް އުފާވެރި ކަމެއްކަމަށެވެ. މިގޮތަށް ރަށްރަށުގެ މެދުގައި ތަޖުރިބާ ބަދަލުކުރެވި، އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަކީ ދިވެހި ދަނޑުވެރިކަން ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.

ޑްރަގަން ފުރުޓް އަދި ކިއުކަމްބާ ފަދަ ތަފާތު ބާވަތްތަކުގެ ދަނޑުވެރިކަން ކުރިއަރުވައި، އޭގެ މަޢުލޫމާތު އެހެން ފަރާތްތަކާ ހިއްސާކުރުމަކީ ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީވެގެންދާނެ ރަނގަޅު ފިޔަވަޅެއް. އަދި މިފަދަ ދަތުރުތަކުން ލިބޭ މަޢުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން އިތުރު ރަށްރަށުގައިވެސް ދަނޑުވެރިކަން ކުރިއަރައިގެންދާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫން

 

ވަޒީރު އިތުރަށް ވިދާޅުވީ ރަށުގެ ކައުންސިލްތަކުން މިފަދަ ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަމާއެކު މަސައްކަތް ކުރެއްވުމަށް ނަންގަވާފައިވާ މި ފިޔަވަޅަށްޓަކައި ޝުކުރު ދަންނަވާކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ގިނަ މަސައްކަތްތަކެއް ކުރެވި، ދިވެހިރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމުގެ އުންމީދު ކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެގައި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތަށް ޒުވާން ދަނޑުވެރިޔާއަށްވެސް ވަޒިރުގެ ޕޯސްޓްގައި ޝުކުރު އަދާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ، 52 ދަނޑުވެރިން ތަމްރީނު ޕްރޮގްރާމަކަށް ލަންކާ އަށް ފުރައިފިޚަބަރު | 8 ދުވަސް ކުރިންނޭޝަނަލް އެގްރިކަލްޗަރ ލެބޯޓްރީން ސަރަހައްދީ ފެންވަރުގައި ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އިރުޝާދު ފޯރުކޮށްދެވޭނެ: މިނިސްޓަރ ޚަބަރު | 11 ދުވަސް ކުރިންރޯދައަށް މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ގާއިމް ކުރަނީޚަބަރު | 21 ދުވަސް ކުރިން"ނޭޝަނަލް އެގްރޯފޮރެސްޓްރީ ޕޮލިސީ" ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިޚަބަރު | މަހެއް ކުރިން