logo
Bank of Maldives

Bank of Maldives

ޚަބަރު

އޮޅުހިޔާގައި އެއްފަހަރާ 100 ބުޅާ ކަރަންޓީނު ކުރެވޭގޮތަށް ކެޕޭސިޓީ އިތުރުކުރަނީ

ނުހާ އަޙްމަދު
25 ޖުލައި 2025 - 07:54
އޮޅުހިޔާގައި އެއްފަހަރާ 100 ބުޅާ ކަރަންޓީނު ކުރެވޭގޮތަށް ކެޕޭސިޓީ އިތުރުކުރަނީ

އޮޅުހިޔާގައި އެއްފަހަރާ 100 ބުޅާ ކަރަންޓީނު ކުރެވޭގޮތަށް ކެޕޭސިޓީ އިތުރުކުރަން ނިންމާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ، މާލެ ސަރަހައްދުގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަރަންޓީން ގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު 70 ކޭޖު ތައްޔާރުކޮށް ނިމޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިވަގުތު ކަރަންޓީން ގައި ތިބީ އެއްމެ ފަހުން ނެގުނު 28 ބުޅާ ކަމަށާއި، ކަރަންޓީން ކުރެވޭ ކެޕޭސިޓީ އިތުރުކުރުމުން އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ވުޒާރާއިން ބުނީ، ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށްފަހު ޖެނެރަލް ބަޔަށް ލުމުގެ ކުރިން ގިނަ ކަރަންޓީން ފޭސްތަކެއް ކަޑައްތުކުރަން ޖެހޭ ކަމަށާއި، ސަބަބަކީ މަގުތަކުން ގެންނަ ބުޅާތަކަކީ އެކި ބަލިތަކާއި ރޯގާތައް ޖެހި، އެކި ވަރުގެ އަނިޔާތައް ލިބިފައި ތިބޭ ބުޅާތަކެއް ކަމަށެވެ. އެހެންކަމުން މި ފޭސްތައް ކަޑައްތުކޮށް، އާންމު ބަޔަށް ބުޅާތައް ބަދަލު ކުރެވޭ މިންވަރަކުން މާލެތެރެއިން އިތުރު ބުޅާތައް ގެނެކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެ ވުޒާރާގެ އަމާޒަކީ ހުރިހާ ބުޅާތައް ގެނެސް ކޮށިތަކަށް އަޅާލުމެއްނޫން ކަމަށާއި، އޭގެ ބަދަލުގައި އެސޮރުމެންނަށް ލިބެންޖެހޭ އަޅާލުމާއި ބޭސްފަރުވާވެސް ފުރިހަމަކޮށް، އެސޮރުމެން ބެލެހެއްޓުން ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ހާއްސަ ފެރީއެއްޚަބަރު | މަހެއް ކުރިން"ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިޖުތިމާޢީ ޒިންމާއެއް"ޚަބަރު | 2 މަސް ކުރިންދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 2 މަސް ކުރިންގޮއިދޫ ފެސިލިޓީ މިއަހަރު ބޭނުންކުރަން ފަށާނެ: މިނިސްޓަރޚަބަރު | 2 މަސް ކުރިން