logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނިމާދޫގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ އުކުޅުތަކާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
5 އޯގަސްޓު 2026 - 15:12
ހަނިމާދޫގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ އުކުޅުތަކާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފެށުން، ފޮޓޯ:  މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
ހަނިމާދޫގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ އުކުޅުތަކާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފެށުން، ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށާއި، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ހދ. ހަނިމާދޫގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ އުކުޅުތަކާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ޗައިނާ ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ބާއްވާ ހަރަކާތެކެވެ. މި މަހުގެ 2 އިން 6 އަށް ކުރިއަށްދާ މި ތަމްރީންތައް ބާއްވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަމްރީންތަކުގައި ކިޔަވައިދެއްވަނީ ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުންނެވެ. އިނގިރޭސި ބަހުން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ތިއަރީ ބައިތަކުގެ އިތުރުން އަމަލީ ތަޖުރިބާ ނުވަތަ ޕްރެކްޓިކަލް ސެޝަންތައް ވެސް ހިމެނެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ކެމިކަލްގެ ބަދަލުގައި ގުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލް ކުރާނެ ގޮތްތަކާއި، ގަސްގަހާގެއްސަށް ގެއްލުންދޭ ފަނިފަކުސައާއި ބަލިތައް އިދާރީގޮތުން ކޮންޓްރޯލް ކުރާނެ އުކުޅުތައް ދަނޑުވެރިންނަށާއި ފަންނީ މުވައްޒަފުންނަށް ދަސްކޮށްދިނުމެވެ.

މީގެ އިތުރުން، ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ދޭ 'ކޮކޮނަޓް ލީފް ބީޓްލް' (ކުދި ރުކުމަޑި) ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންކުރާ 'އެސިކޯޑްސް ހިސްޕިނާރަމް' އާއި 'ޓެޓްރަސްޓިކަސް ބްރޮންޓިސްޕާ' ފަދަ ސޫތްޕާއި ދިރުންތައް އާލާކުރުމުގެ މަސައްކަތް ވެސް މި ޕްރޮގްރާމްގެ ތެރެއިން ދަސްކޮށްދެވޭނެއެވެ. މިކަމަށްޓަކައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ގާއިމުކޮށްފައިވާ ލެބޯޓްރީގައި ކުރިއަށްދާ ފަންނީ މަސައްކަތްތައް ބައިވެރިންނަށް އަމަލީ ގޮތުން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ ތަމްރީންތަކުގެ ސަބަބުން ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދިވެހި ދަނޑުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ސައިންޓިފިކް ހައްލުތަކެއް ލިބިގެންދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ އުކުޅުތަކާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންމޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ފަށައިފިޚަބަރު | ދުވަހެއް ކުރިންކެބިނެޓަށް ބޮޑު ބަދަލެއްޚަބަރު | 4 މަސް ކުރިންވައިކަރަދޫ ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ހާއްސަ ފެރީއެއްޚަބަރު | 4 މަސް ކުރިން