logoEN
ޚަބަރު

ދިވެހިރާއްޖެއިން ތިންވަނަ އެންޑީސީ ޔޫއެންއެފްސީސީސީއަށް ހުށަހަޅައިފި

ދިވެހިރާއްޖެއިން އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އޮނިގަނޑު (ޔޫއެންއެފްސީސީސީ) އަށް ތިންވަނަ ނޭޝަނަލް ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ހުށަހަޅައިފިއެވެ.

މިއީ ޤައުމީ މޫސުމީ ޢަމަލު ޕްލޭނެއް ކަމަށްވާއިރު، މީގެ ތެރޭގައި ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ވުމަށް ކުރެވިދާނެ ކަންތައްތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި ސްޓްރެޓެޖީތައް ހިމެނެއެވެ.

މި ރިޕޯޓު ހުށަހެޅުމާއެކު، ދިވެހިރާއްޖެ ވަނީ ތިންވަނަ އެންޑީސީ ހުށަހެޅި ފުރަތަމަ 17 ޤައުމުގެ ތެރެއަށް ވަދެފައެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން މި ރިޕޯޓު ހުށަހެޅި ހަތަރުވަނަ ޤައުމަށްވެސް ވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ރިޕޯޓަކީ ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ. އަދި މި ރިޕޯޓުގައި ހިމެނޭ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރިޕޯޓު ތައްޔާރުކުރުމުގައި ތިމާވެށި ރައްކާތެރިކުރުމާ ބެހޭ މިނިސްޓްރީއާއި، އެހެނިހެން ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

871x217_placeholder