logoEN
ޚަބަރު

12 ވަނަ ސަރަޙައްދީ 3އާރު އަދި ސަރކިއުލަރ އިކޮނޮމީ ފޯރަމް ފަށައިފި

އިންޑިއާގެ ޖައިޕޫރު ސިޓީގައި 12 ވަނަ ސަރަޙައްދީ 3 އާރު އަދި ސަރކިއުލަރ އިކޮނޮމީ ފޯރަމް ފަށައިފި އެވެ.

މި ފޯރަމަކީ އިންޑިއާ ސަރުކާރުން ޖަޕާން، އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް)، އދ.ގެ ސެންޓަރ ފޮރ ރީޖަނަލް ޑިވެލޮޕްމަންޓް (ޔޫއެންސީއާރުޑީ) އަދި އދ.ގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް (ޔޫއެންޑީއީއެސްއޭ) އާ ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފޯރަމްއެކެވެ.

މި ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ޑެޕިއުޓީ މިނިސްޓަރ ނިޒާމެވެ. އަދި މީގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލުންނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުން ވެސް ބައިވެރިވެއެވެ.

މި ފޯރަމްގައި ކުނި މެނޭޖްކުރުމާއި، ކުނި އަލުން ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްގެންދެއެވެ. އަދި ސަރކިއުލަރ އިކޮނޮމީގެ މުހިންމުކަމާއި، އޭގެ ސަބަބުން ތިމާވެށްޓަށާއި އިޤްތިޞާދަށް ކުރާނެ ފައިދާތަކާ ބެހޭ ގޮތުން ވެސް މި ފޯޜަމްގައި މަޝްވަރާކުރެވޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިފަދަ މުހިންމު ބައްދަލުވުމެއްގައި ބައިވެރިވުމަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ. މި ފޯރަމްގައި ހިއްސާކުރެވުރެވޭ މަޢުލޫމާތާއި ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.

ކޮމެންޓް

871x217_placeholder