logoEN
ޚަބަރު

އައި.ޓީ.ބީ މައުރަޒުގައި މިނިސްޓަރ ޠާރިޤް ޓޫރިޒަމް ދާއިރާގެ ޕައިނިއަރ ހުސައިން އަފީފާ ބައްދަލުކުރައްވައިފި

ބަރުލިންގައި ކުރިއަށްދާ އައި.ޓީ.ބީ 2025 މައުރަޒުގައި، ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް، ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ޕައިނިއަރ އަދި ކްރައުން އެންޑް ޗެމްޕިއަން ރިސޯޓްސްގެ ޗެއަރމަން ހުސައިން އަފީފާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޠާރިޤް، ހުސައިން އަފީފް ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ބޭފުޅުން، ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މުސްތަޤްބަލާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އައި.ޓީ.ބީ ބަރުލިން އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް މައުރަޒެވެ. މި މައުރަޒުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. މިފަދަ މައުރަޒުތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމުގައި ފާހަގަކުރެވެއެވެ.

ހުސައިން އަފީފަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާގައި 50 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ، އަދި މި ދާއިރާ ތަރައްޤީކުރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މިނިސްޓަރ ޠާރިޤާއެކު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުންގެ ތަޖުރިބާއާއި ޚިޔާލު ހިއްސާކުރެއްވުމަކީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުރިމަގަށް ވަރަށް މުހިންމު ކަމެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް

871x217_placeholder