logoEN
ޚަބަރު

ރޯދަ މަހު އިމިގްރޭޝަނުން ދޭ ޚިދުމަތްތަކުގެ ގަޑިއަށް ބަދަލު ގެނެސްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

01 މާރިޗު 2025 - 10:07

ރަމަޟާން މަހާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

މި ބަދަލުތަކުގެ ތެރޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތާއި، ވިސާގެ ޚިދުމަތްތަކާއި، އެންފޯސްމެންޓް އެންޑް ކޮމްޕްލަޔަންސްގެ ޚިދުމަތުގެ އިތުރުން ސީޕޯޓްގެ ޚިދުމަތް ހިމެނެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ވިދާޅުވީ، މާލެ ސަރަހައްދުގައި އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް 24 ގަޑިއިރު ހުށަހެޅޭނެ ކަމަށެވެ. އަދި 65 އަހަރުން މން މަތީގެ މީހުންނަށާއި އެމަޖެންސީ ޙާލަތްތަކުގައި ޕާސްޕޯޓް ބޭނުންވާ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ އަދި އޮންލައިންކޮށް ކޮންމެ ދުވަހަކު ހެނދުނު 09:15 އިން 12:00 އާ ދެމެދުގެ ވަގުތެއްގައި ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ.

އިމިގްރޭޝަނުން އިތުރަށް ހާމަކޮށްފައިވަނީ، ހަމަ މި ވަގުތުތަކުގައި ކިއުބީއިން މެދުވެރިކޮށް ޕާސްޕޯޓަށް ހަވާލުވުމަށް ނަންބަރު ދޫކުރުން ކުރިއަށްދާނެ ކަމަށެވެ. އަދި މެޑިކަލް އެމަރޖެންސީގެ ހާލަތެއްގައި ޕާސްޕޯޓުގެ ޚިދުމަތަށް އެދި 9555333 މި ނަންބަރަށް ގުޅުމުން ޚިދުމަތް ލިބޭނެ ކަމަށްވެސް ވިދާޅުވެފަވެއެވެ.

ވިސާގެ ޚިދުމަތްތަކަށް ބަލާއިރު، އިމުގާ ޕޯޓަލް އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކޮންމެ ދުވަހަކު ހެނދުނު 09:00އިން ހަވީރު 17:00އަށް ވިސާއަށް އެދި ހުށަހެޅޭނެއެވެ. ވޯކް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅުމުގެ ޚިދުމަތް ކޮންމެ ދުވަހަކު ހެނދުނު 09:05އިން 10:45އަށް ލިބޭނެ އެވެ. އަދި ވޯކް ވިސާއަށް އެދި ހުށަހަޅާފައިވާ ޕާސްޕޯޓް ދޫކުރުން ކޮންމެ ދުވަހަކު ހެނދުނު 11:00އިން 12:30އަށް ކުރިއަށްދާނެއެވެ.

ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާއަށް އެދި ޕާސްޕޯޓް ބަލައިގަތުމާއި، ވިސާ ޖަހައިދިނުމުގެ ޚިދުމަތް އެޕޮއިންމެންޓް އުސޫލުން ކޮންމެ ދުވަހަކު ހެނދުނު 09:05އިން 12:00އަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

މި ބަދަލުތައް ގެނެވިފައިވަނީ ރަމަޟާން މަހުގެ ޚާއްޞަ ޙާލަތާ ގުޅިގެން ކަމަށް އިމިގްރޭޝަނުން ވިދާޅުވެފަވެއެވެ.

ކޮމެންޓް

871x217_placeholder