logoEN
ޚަބަރު

ޑޮކްޓަރުންގެ ވަގުތީ ލައިސަންސްގެ މުއްދަތު ހަ މަސް ދުވަހަށް ކުރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

03 މާރިޗު 2025 - 08:54

އިމްތިހާނު ހެދުމުގެ ކުރިން ޑޮކްޓަރުންނަށް ދެމުން އަންނަ ވަގުތީ ލައިސަންސްގެ މުއްދަތު ހަ މަސް ދުވަހަށް ކުރުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާންގައި ވާގޮތުން މި ނިންމުމަކީ މެޑިކަލް ކައުންސިލްގެ ލައިސަންސިން އިމްތިހާނު ފުރިހަމަކުރަންޖެހޭ ޑޮކްޓަރުންނަށް ކުރިން އެއް އަހަރަށް ދޫކުރަމުން ދިޔަ ޕްރޮވިޝަނަލް ރަޖިސްޓްރޭޝަންގެ މުއްދަތަށް ގެނެވުނު ބަދަލެކެވެ.

މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، މި ބަދަލަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު 1، 2024 ގައި ނަމަވެސް، މިކަން ގެޒެޓުކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ. މި ބަދަލާ ގުޅިގެން، މިދިޔަ ސެޕްޓެމްބަރު 1 އިން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތު އިތުރު ހަ މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

އެހެންނަމަވެސް، މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މީގެ ފަހުން ދޫކުރެވޭ ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތަކީ ހަމައެކަނި ހަ މަސް ދުވަހެވެ. އަދި ޑޮކްޓަރުން ލައިސަންސިން އިމްތިހާނުން ފާސްވެއްޖެނަމަ، އެ ފަރާތްތަކަށް ޕްރެކްޓިސް ކުރުމަށް ފަސް އަހަރުގެ ލައިސަންސެއް ލިބޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް

871x217_placeholder