ހަށި ވިއްކަމުންދިޔަ ދެ ބިދޭސީއަކު ޑީޕޯޓުކޮށްލައިފި


17 މާރިޗު 2025 - 12:51
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ތިން ބިދޭސީ އަންހެނުންގެ ތެރެއިން ދެ މީހަކު ޑީޕޯޓުކޮށްލައިފިއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މި ތިން އަންހެނުންނަކީ ވޯކް ވިސާގައި ރާއްޖޭގައި ތިބެ، ހަށި ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ބައެކެވެ.
މި ތިން މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
"މި ތިން މީހުންގެ ތެރެއިން ދެ މީހަކު މިހާރު ވަނީ އެމީހުންގެ އަމިއްލަ ޤައުމަށް ފޮނުވާލެވިފައި. އަނެއް މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން،" އިމިގްރޭޝަނުން ބުނެފަވެއެވެ.
މިފަދަ ފަރާތްތައް ހޯދައި، ޤާނޫނީ އިމުގެ ތެރެއަށް ގެނައުމަށް ނުވަތަ ޑީޕޯޓުކުރުމަށް އިމިގްރޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އިތުރު ލިޔުންތައް

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ފޭރެނީ
7 މަސް ކުރިން
އިމިގްރޭޝަން އޮފިސަރުން ބަލައި ފާސްކުރަން ދާނީ ޔުނިފޯމްގައި، ކާޑު ވެސް އޮންނާނެ
7 މަސް ކުރިން
ގަވާއިދާ ހިލާފަށް އުޅޭ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި
7 މަސް ކުރިން