logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ އަހަރު ދިއްލި ރަށްރަށާއި ސިޓީތަކުގެ އިތުރުން، އިތުރު 36 ރަށެއް މި އަހަރު ދިއްލާނެ

މިދިޔަ އަހަރު ދިއްލި ރަށްރަށާއި ސިޓީތަކުގެ އިތުރުން، އިތުރު 36 ރަށެއް މި އަހަރު ދިއްލާނެ

މިދިޔަ އަހަރު އީދަށް ދިއްލި ރަށްރަށާއި، ސިޓީތަކުގެ އިތުރުން، އިތުރު 36 ރަށެއް މި އަހަރު ދިއްލުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މި އަހަރު އަލަށް ދިއްލުމަށް ހަމަޖެހިފައި ވަނީ ކޮންމެ އަތޮޅެއްގެ ވެސް އާބާދީގެ ގޮތުން އެންމެ ބޮޑު ދެ ރަށް ކަމަށެވެ. ޢީދު ލައިޓް ހޯދުމަށް އެދޭ ރަށްރަށުގެ ޢަދަދު އިތުރުވަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޢީދަށް ރަށްތައް ދިއްލުމަކީ، ރައްޔިތުންގެ ހިތްހަމަޖެހުމާއި، އުފަވެރިކަމުގެ އިތުރުން ދީނީ ޝިއާރުފާޅުކުރުމަށް ޓަކައި ކޮންމެހެންވެސް ކުރުން މުހިންމު ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން ޢީދުލައިޓްތައް އަތޮޅުތެރެއަށް ފޮނުވުމަށް ޓަކައި ސްޓެލްކޯއިން ލައިޓްތައް ޕެކްކުރުމުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށް ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އަހަރުގެ ޢީދުލައިޓް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 29 ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޅުވެލިފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި ޚަބަރު | 13 ގަޑިއިރު ކުރިންކައުންސިލް އިދާރާތައް ޢިމާރާތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްޚަބަރު | 6 ދުވަސް ކުރިންކައުންސިލްތަކަށް ހަގީގީ ބާރުވެރިކަން: ދ. މިނިމަސްގަލީގައި ދަނޑުވެރިކަން ކުރަނީ ޚަބަރު | 2 މަސް ކުރިންނޫސްވެރިކަމުގެ ތަޞައްވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތް މަދެއް ނޫން: އާދަމް ޝަރީފްޚަބަރު | 2 މަސް ކުރިން