logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލް އިދާރާތައް ޢިމާރާތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

އާމިނަތު ޝަފާ
21 އޮކްޓޯބަރު 2025 - 09:10
ކައުންސިލް އިދާރާތައް ޢިމާރާތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން 20 ރަށެއްގައި ކައުންސިލްގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ކައުންސިލު ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާ ރަށްތައް:

Ad by Hajj Corporation

Ad by Hajj Corporation

1. ށ. ބިލެތްފަހި

2. ށ. ޅައިމަގު

3. ށ. މާއުނގޫދޫ

4. ށ. މަރޮށިރ.

5. އިންނަމާދޫ

6. ރ. މާކުރަތު

7. ކ. ގުޅި

8. އއ. ރަސްދޫ

9. އއ. ތޮއްޑޫ

10. އދ. ދަނގެތި

11. އދ. އޮމަދޫ

12. ވ. ކެޔޮދޫ

13. މ. ނާލާފުށި

14. ފ. މަގޫދޫ

15. ފ. ނިލަންދޫ

16. ތ. ހިރިލަންދޫ

17. ތ. ކަނޑޫދޫ

18. ގއ. ގެމަނަފުށި

19. ގއ. ކޮލަމާފުށި

20. ގއ. ވިލިނގިލި

ވުޒާރާއިން ބުނީ މި ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކުގެ ކައުންސިލު ޢިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރިއަށްދާ އިރު، ބައެއް ރަށްތަކުގެ ކައުންސިލް އިމާރާތްތަކުގެ ފައުންޑޭޝަން ވަނީ އަޅާފައިކަމަށެވެ.

ކައުންސިލުތައް އެޅުމުގެ މަސައްކަތް އާރުސީސީއާ ހަވާލުކޮށްފައިވަނީ 11 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް ތ. އޮމަދޫ އަދި ވ. ކެޔޮދޫ ކައުންސިލުގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް 6 މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ރަށްތަކުގެ މަސައްކަތް ކުރިއަށް ގެންދާ ސަބްކޮންޓްރެކްޓަރުންނާ ޙަވާލާދެއްވާ، ކައުންސިލުން ވަނީ މައުލޫމާތުދީފައިވާކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޅުވެލިފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި ޚަބަރު | 11 ގަޑިއިރު ކުރިންކައުންސިލް އިދާރާތައް ޢިމާރާތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްޚަބަރު | 6 ދުވަސް ކުރިންކައުންސިލްތަކަށް ހަގީގީ ބާރުވެރިކަން: ދ. މިނިމަސްގަލީގައި ދަނޑުވެރިކަން ކުރަނީ ޚަބަރު | 2 މަސް ކުރިންނޫސްވެރިކަމުގެ ތަޞައްވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތް މަދެއް ނޫން: އާދަމް ޝަރީފްޚަބަރު | 2 މަސް ކުރިން