logo
Bank of Maldives

Bank of Maldives

ޚަބަރު

އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވަން ފަށައިފި

އިސްމާޢިލް ރާތިޢު
27 ޖެނުއަރީ 2026 - 11:06
އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްއޮތް ރަމަޟާންމަހު ގޭބީސީތަކަށް ދޫކުރާ މަސްދަޅު ކޭސް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ސްޓޭޓް ޓްރެޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށެވެ.

މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައި ވަނީ މި ހިނގާ ޖަނަވަރީ މަހުގެ 24 ގައެވެ. މި މަސައްކަތް ކުރިއަށް ދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ދިވެހި ސިފައިންނާ، ފުލުހުންގެ ވެސް އެހީތެރިކަމާއެކުއެވެ.

ވުޒާރާއިން ބުނިގޮތުގައި އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މަސްދަޅު ކޭސްތައް، ބެހުމަށް ފަހިވާ ގޮތަށް މިހާރުވެސް ހުރީ އެކި ސަރަޙައްދުތަކުގައި ގުދަން ކުރެވޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި އެ ތަންތަނުން ރަށްތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް އެވުޒާރާއިން މައުލޫމާތުދީފައި ވެއެވެ.

ރަށްތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވާލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރތަކުގެ ޢަދަދަކީ 61,755 އެވެ.

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބަހާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަ ހަދިޔާ މަސްދަޅު މާލެ ސަރަހައްދުގައި ބަހާ ނިމިއްޖެޚަބަރު | 3 މަސް ކުރިންމަސްދަޅު ކޭސް ނަގައިފިންތަ؟ މިއީ ފަހު ރޭ!ޚަބަރު | 3 މަސް ކުރިންއަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވަން ފަށައިފިޚަބަރު | 3 މަސް ކުރިންމާލެ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ފަށައިފިޚަބަރު | 3 މަސް ކުރިން