logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

ރޯދަ ހަދިޔާ މަސްދަޅު މާލެ ސަރަހައްދުގައި ބަހާ ނިމިއްޖެ

މުޙައްމަދު އަފްރާޙް
12 ފެބްރުއަރީ 2026 - 05:32
ރޯދަ ހަދިޔާ މަސްދަޅު މާލެ ސަރަހައްދުގައި ބަހާ ނިމިއްޖެ

ސަރުކާރުން ދިވެހި ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސްތައް މާލޭ ސަރަހައްދުގައި ބަހާ ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ރަމަޟާން މަހު ވެސް، ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މާލޭގައި ބަހަން ފެށީ ޖަނަވަރީ މަހުގެ 24 ގައެވެ. އަދި މިދިޔަ މަހުގެ 26 ގައި އަތޮޅުތެރޭގެ ރަށްތަކަށް މަސްދަޅު ކޭސްތައް ފޮނުވަން ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ ގްރޭޓަރ މާލެ ސަރަހައްދުގައި ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިންމާލާފައިވާ ކަމަށެވެ.

އެހެންނަމަވެސް އެއްވެސް ސަބަބަކާ ހުރެ މިހާތަނަށް ރޯދަ ހަދިޔާ ހޯދާފައިނުވާ ފަރާތްތަކަށް ވެސް މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8.30 އިން 11.00 އަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވިއެވެ.

މިއަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވާލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ އަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރުގެ އަދަދަކީ 61,755 އެވެ.

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބަހަން ވަނީ ނިންމާފައެވެ. ރަށްތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާ މުޢިއްޒު ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންފެލިވަރުގައި ކޭނަރީގައި ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | ދުވަހެއް ކުރިންރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މިއަހަރު ވެސް އޮންނާނެޚަބަރު | ދުވަހެއް ކުރިންދަރިފުޅަށް 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް މިހާރުވަގުތު ލިބޭނެޚަބަރު | 2 ދުވަސް ކުރިން