logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްދަޅު ކޭސް ނަގައިފިންތަ؟ މިއީ ފަހު ރޭ!

އިސްމާޢިލް ރާތިޢު
11 ފެބްރުއަރީ 2026 - 06:13
މަސްދަޅު ކޭސް ނަގައިފިންތަ؟ މިއީ ފަހު ރޭ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ރޯދަ ހަދިޔާގެ ގޮތުގައި ދެއްވާ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތުގެ އެންމެހައި ކަންކަން، މިރޭ 23:00 ގެ ނިޔަލަށް ނިންމާލާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.

މިއަހަރު މި މަސައްކަތް ގޮސްފައިވަނީ ވަރަށް އޮމާންކޮށް ކަމަށާއި، އެއްވެސް މައްސަލައެއް ދިމާވެގެން މިހާތަނަށް ރިޕޯޓުކޮށްފައި ނުވާކަމަށް ދައުލަތުގެ މީޑިއަށް ދެއްވި ބަސްދީގަތުމެއްގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޔޫސުފް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، އަތޮޅުތެރެއަށް މަސްދަޅުކޭސް ބެހުމަށް ކުދިކުދި ލޮޖިސްޓިކް މައްސަލަތަކެއް ކުރިމަތިވިނަމަވެސް އެކަންކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، މައްސަލަތައް ހައްލުކޮށްފައިވާނެ ކަމަށް ސްޓޭޓް މިނިސްޓަރ، ޔޫސުފް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި 15 ތަނެއްގައި މަސްދަޅުކޭސް ބެހުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު ރޭގެ ނިޔަލަށް 43،923 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދާއިރު، ސުންގަޑި ހަމަވަންދެންވެސް މަސްދަޅު ކޭސް ނެންގެވޭނެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްދަޅު ކޭސް ނަގައިފިންތަ؟ މިއީ ފަހު ރޭ!ޚަބަރު | 2 ގަޑިއިރު ކުރިންމާލެ ތޮއްޖެއްސުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫން: އިނާޒްޚަބަރު | 8 ދުވަސް ކުރިންއަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވަން ފަށައިފިޚަބަރު | 15 ދުވަސް ކުރިންމާލެ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ފަށައިފިޚަބަރު | 18 ދުވަސް ކުރިން