logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލްތަކަށް ހަގީގީ ބާރުވެރިކަން: ދ. މިނިމަސްގަލީގައި ދަނޑުވެރިކަން ކުރަނީ

އާމިނަތު ޝަފާ
4 ސެޕްޓެމްބަރު 2025 - 10:21
މިނިމަސްގަލި، ދ. އަތޮޅު ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މިނިމަސްގަލި، ދ. އަތޮޅު ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި، ފަޅުރަށްރަށް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ދަށުން، ދ. އަތޮޅު ކައުންސިލާ ހަވާލުކޮށްފައިވާ އެ އަތޮޅު މިނިމަސްގަލީގައި ދަނޑުވެރިކަން ކުރުމަށް 21 އަހަރަށް ކުއްޔަށްދީފިއެވެ.

މެންދުރަށް މައުލޫމާތުދެމުން ދ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ޝާފިއު ވިދާޅުވީ  މިނިމަސްގަލި ކުއްޔަށްދީފައިވަނީ އަހަރަކު 250،000 ރުފިޔާއަށްކަމަށެވެ. ޝަފީއު ވިދާޅުވީ ސަރުކާރުން ހަވާލުކޮށްފައިވާ އުސޫލުގެ ތެރެއިން ތިން ފަހަރެއްގެ މަތިން އިއުލާން ކޮށްގެން، ޝައުގުވެރިކަން ފާޅުކުރީ އެ ކުންފުނިން އެކަނި ކަމަށެވެ.މިނިމަސްގަލި ކުއްޔަށްދިނީ ފަތުރުވެރިކަން ނޫން އެހެން މަސައްކަތްތައް ކުރެވޭގޮތަށް ކަމަށްވާއިރު ޔަޝް އެގްޒޮޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑުން އެ ރަށުގައި ކުރިއަށްގެންދާނީ ދަނޑުވެރިކަމުގެ މަސައްކަތްތައްކަމަށް ޝާފިއު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދ. އަތޮޅު ކައުންސިލުން މީގެ ކުރިން ކުރި އިއުލާނުގައި ބުނީ އެ ރަށް ދިނީ އެ އަތޮޅުގައި ޓޫރިޒަމްގެ ވިޔަފާރި ހިންގަމުން އަންނަ ޔަޝް އެގްޒޮޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑަށް މިދިޔަ ޖެނުއަރީ މަހު ކަމަށެވެ.

އިއުލާނުގައި ވަނީ މިނިމަސްގަލި ބެލެހެއްޓުން ޔަޝް އެގްޒޮޓިކް އައިލެންޑާ ހަވާލުކޮށްފައި ވާތީ އެކުންފުނީގެ ހުއްދަ ނެތި އެއްވެސް ފަރާތަކުން އެރަށަށް އަރާ ފޭބުމަކީ މަނާކަމެއް ކަމުގައެވެ.

މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި، ފަޅުރަށްރަށް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ދަށުން، ދ. އަތޮޅު ކައުންސިލާ ދެ ރަށެއް ހަވާލުކުރިއެވެ. އެއީ ދ. ފެންފުއްޓާއި އެ އަތޮޅު މިނިމަސްގައްޔެވެ.

ކައުންސިލަށް ލިބޭ ފަޅުރަށްތައް ތަރައްޤީކޮށް، އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދީފައިވާއިރު ސަރުކާރުން މިފަދަ މަސައްކަތްތައް ކުރިއަށް ގެންދަނީ ރާއްޖޭގެ ރަށްތަކުގެ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދީ ޙަރަކާތްތައް  އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ވެސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ލިބޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޅުވެލިފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި ޚަބަރު | 11 ގަޑިއިރު ކުރިންކައުންސިލް އިދާރާތައް ޢިމާރާތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްޚަބަރު | 6 ދުވަސް ކުރިންކައުންސިލްތަކަށް ހަގީގީ ބާރުވެރިކަން: ދ. މިނިމަސްގަލީގައި ދަނޑުވެރިކަން ކުރަނީ ޚަބަރު | 2 މަސް ކުރިންނޫސްވެރިކަމުގެ ތަޞައްވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތް މަދެއް ނޫން: އާދަމް ޝަރީފްޚަބަރު | 2 މަސް ކުރިން