ރާއްޖެއާއި ޕާކިސްތާނާއި ދެމެދު އޮތް ގުޅުން ބިނާވަނީ އިޙްތިރާމާއި ރަނގަޅު ސިފަތަކުގެ މައްޗަށް
23 މާރިޗު 2025 - 08:01

ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައިވަނީ އިޙުތިރާމާއި ދެ ޤައުމުން ހިއްސާކުރާ ރަނގަޅު ސިފަތަކުގެ މައްޗަށްކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ޕާކިސްތާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިޝާޤް ދާ އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް އަރިސްކުރައްވާފައިވެއެވެ.

Ad by Hajj Corporation
ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައިވަނީ އިޙުތިރާމާއި ދެ ޤައުމުން ހިއްސާކުރާ ރަނގަޅު ސިފަތަކުގެ މައްޗަށްކަމަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ފާކިސްތާނުން ދެމުންގެންދާ އެހީ އާއި އެއްބާރުލުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ ފުޅާ ވެގެންދާނެކަމަށް ޔަގީންކުރައްވާކަމަށްވެސް ވަޒީރުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
މެސެޖް ނިންމާލައްވަމުން ހަލީލް ވިދާޅުވީ ބޮޑު ވަޒީރު މުހައްމަދު އިޝާގް އަށް ދުޅަހެޔޮ ސިއްހަތަކަށާއި ޕާކިސްތާންގެ ރައްޔިތުންނަށް ސުލްހަ އާއި އުފާފާގަތިކަމަށް އެދި ދުއާ ކުރައްވާ ކަމަށެވެ.