logo
ޚަބަރު

މަސްޖިދުލްއަޤްސާގެ ހުރުމަތް ކަނޑާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އާމިނަތު ޝަފާ
4 އޯގަސްޓު 2025 - 16:03
މަސްޖިދުލްއަޤްސާގެ ހުރުމަތް  ކަނޑާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަޤްޞާގެ އިމުގެ ތެރެއަށް އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލި ކަނޑާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި، އެ ގައުމުގެ މިނިސްޓަރުން ހިމެނޭ ގޮތަށް ޒަޔަނިސްޓުންތަކެއް އަގްސާ މިސްކިތަށް ވަދެގަނެ، އިސްލާމްދީނާ ހިލާފު ކަންކަން ހިންގައި، ޔަހޫދީންގެ ދީނީ އަޅުކަމެއް މިސްކިތުގެ ތެރޭގައި ވަނީ ކޮށްފައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ ބަޔާނުގައި ބުނީ މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންގެންދާ ނޭދެވޭ އަމަލެއްކަމަށެވެ.

އިސްރާއީލުން ކުރަމުން ގެންދާ ޣައިރު ޤާނޫނީ އަމަލުތަކާއި، އިސްލާމީ މުޤައްދަސު ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގޭ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލް އަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

ސަރުކާރުން ބުނީ ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ އަސްކަރީ ގާފިލާއަކަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންމަސްޖިދުލްއަޤްސާގެ ހުރުމަތް ކަނޑާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި ޚަބަރު | މަހެއް ކުރިންފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އދ. ގައި ބާއްވާ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީޚަބަރު | 2 މަސް ކުރިންނިއުޒިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފިޚަބަރު | 2 މަސް ކުރިން