logo
ޚަބަރު

ޕާކިސްތާނުގެ އަސްކަރީ ގާފިލާއަކަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި

އާމިނަތު ޝަފާ
14 ސެޕްޓެމްބަރު 2025 - 15:57
ޕާކިސްތާނުގެ އަސްކަރީ ގާފިލާއަކަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި

ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަޙައްދުގައި އަސްކަރީ ގާފިލާއަކަށް ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަހަމްވި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސަރުކާރުންވަނީ މި ހަމަލާގައި ޝަހީދުވި މީހުންގެ ޢާއިލާ ތަކަށާއި، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުވައި އަދި މި ފިނޑި ޖަރީމާގައި އަނިޔާލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

‎އަދި، ދިވެހިރާއްޖެއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ތެދުވެ ސާބިތުކަންމަތީ ދެމި އޮންނާނެ ޤައުމެއް ކަމުގައި ކަށަވަރުކޮށްދީ، ބައިނަލްއަޤްވާމީ މައިދާނުގައި އެކި ފަރާތްތަކާ ގުޅިގެން ޓެރަރިޒަމް އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހުއްޓުމެއްނެތި

މަސައްކަތް ކުރާނެ ޤައުމެއްކަމުގެ ޔަޤީންކަންވަނީ ދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ އަސްކަރީ ގާފިލާއަކަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންމަސްޖިދުލްއަޤްސާގެ ހުރުމަތް ކަނޑާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި ޚަބަރު | މަހެއް ކުރިންފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އދ. ގައި ބާއްވާ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީޚަބަރު | 2 މަސް ކުރިންނިއުޒިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފިޚަބަރު | 2 މަސް ކުރިން