logo
ޚަބަރު

ނިއުޒިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފި

އާމިނަތު ޝަފާ
16 ޖުލައި 2025 - 15:34
ނިއުޒިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން// ފޮޓޯ: ހާރިޖިއްޔާ
ނިއުޒިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން// ފޮޓޯ: ހާރިޖިއްޔާ

ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، މުޙައްމަދު ލުވޭޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ނިއުޒިލޭންޑްގެ ގަވަރނަރ-ޖެނެރަލް އަދި ކޮމާންޑަރ-އިން-ޗީފް އެންޑް އޯވަރ ދަ ރިއަލްމް އޮފް ނިއުޒިލޭންޑް، ހަރ އެކްސެލެންސީ ދަ ރައިޓް އޮނަރަބަލް ޑޭމް ސިންޑީ ކިރޯ، ޖީ.އެން.ޒެޑް.އެމް.، ކިއު.އެސް.އޯ. އަށް މިއަދު އަރުއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ ވެލިންގޓަންގައި ހުންނަ ގަވަރމެންޓް ހައުސް ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ސަފީރު ލުވޭޒް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާއާއި ހެޔޮއެދުންތައް ގަވަރުނަރ ޖެނެރަލަށް އަރިސްކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމު ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަންވެސް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ސަފީރު ލުވޭޒްގެ އަރިހުގައި ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ، ޖަލާލާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް މުޙައްމަދު ލުވޭޒް ޢައްޔަން ކުރެއްވީ 18 މާރޗް 2025 ގައެވެ. ސަފީރު ލުވޭޒް މިހާރު ހުންނެވީ ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ އަސްކަރީ ގާފިލާއަކަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންމަސްޖިދުލްއަޤްސާގެ ހުރުމަތް ކަނޑާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި ޚަބަރު | މަހެއް ކުރިންފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އދ. ގައި ބާއްވާ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީޚަބަރު | 2 މަސް ކުރިންނިއުޒިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފިޚަބަރު | 2 މަސް ކުރިން