މެޑިސިން ކިޔަވާ ދަރުވަރުންނަށް އިންޓަރންޝިޕް ހެދުމަށް ހުރި ދަތިތަކަށް ބޮޑު ހައްލެއް


24 މާރިޗު 2025 - 09:34
މެޑިސިން ކިޔަވާ ދަރުވަރުންނަށް އިންޓަރންޝިޕް ހެދުމަށް ހުރި ދަތި ތަކަށް ބޮޑުހައްލެއް ލިބިއްޖެއެވެ.
މީގެ ކުރިން ދިވެހި ދަރިވަރުން ބަންގްލަދޭޝްއިން އެމް.ބީ.ބީ.އެސް އިންޓަރޝިޕް ފުރުޞަތު ލިބެނީ ހަމައެކަނި ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ނުވަތަ ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުންނެވެ.
މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަސައްކަތާ ގުޅިގެން، ބަންގްލަދޭޝްގައި އެމް.ބީ.ބީ.އެސް އިންޓަރންޝިޕް ފުރުޞަތުތައް ހޯދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އިތުރު ފަސް ކޮލެޖެއްގައި ދިވެހި ދަރިވަރުންނަށް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު މިހާރު ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
1- Sylhet MAG Osmani Medical College
2- Mymensingh Medical College
3- Rajshani Medical College
4- Shaheed Ziaur Rahman Medical College, Bogura
5- Cox’s Bazar Medical College
މި ފަސް ކޮލެޖަކީވެސް ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ކޮލެޖްތަކެވެ.
މިގޮތުން ބަންގްލަދޭޝް އިން އިންޓަރޝިޕް ޕްލޭސްމަންޓް ހޯދަން ބޭނުންވާ ދަރިވަރުން މި މިނިސްޓްރީގެ [email protected] އީމެއިލް ރިކުއެސްޓް ފޮނުވުމަށް ވުޒާރާއިންވަނީ އެދިފައެވެ.
އިންޓަރޝިޕް ފުރުޞަތު ރާއްޖެއިންވެސް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރެވޭކަމާއި އަދި މިއަހަރު އިތުރު ސަރުކާރު ހޮސްޕިޓަލް ތަކުގައި އިންޓަޝިޕް ފެށުމަށް ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
އިތުރު ލިޔުންތައް

ލައިސެންސެއް ނުހޯދާ ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ
7 މަސް ކުރިން
ސިއްހީ ހިދުަމަތުގެ ތަކުލީފު ނައްތާލަން 5 ހޮސްޕިޓަލް ގާއިމުކުރަން ބަޖެޓުގައި ހިމަނައިފި
5 މަސް ކުރިން
ސިއްހީ ދާއިރާގެ ދިރާސާތައް ހިމެނޭ ދިހަވަނަ ވޮލިއުމް ނެރެފި
3 މަސް ކުރިން