logoEN
ޚަބަރު

ފަޒުލް އާއި އޭނާގެ ބޭބެގެ ޕާސްޕޯޓު ދޫކޮށްލައިފި

ހުސައިން ވަސީމްހުސައިން ވަސީމް

26 މާރިޗު 2025 - 08:11

ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިންކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ކޮއްކޮގެ ޕާސްޕޯޓު ދޫކޮށްލައިފި އެވެ.

ފަޒުލް އާއި އޭނާގެ ކޮއްކޮގެ އިތުރުން އިތުރު 20 މީހެއްގެ ޕާސްޕޯޓު ފުލުހުން ހިފެހެއްޓީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.އޭގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓު ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ޕާސްޕޯޓު ހިފެހެއްޓި އެންމެންގެ ޕާސްޕޯޓު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފަޒުލްއާއި އޭނާގެ ބޭބެ ވެސް ހިމެނެ އެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިންކަމަށް ތުހުމަތުކުރެވެނީ ފަޒުލްގެ އިތުރުން އޭނާގެ ބޭބެ އަދި އެމްޑަބުލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދުގެ މައްޗަށެވެ.

މި ތަހުގީގު ހިނގަމުން ދަނިކޮށް ތުހުމަތުތަކަށް އިންކާރުކުރުމަށްފަހު ފަޒުލް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ޑީސެމްބަރު މަހު އިސްތިއުފާދެއްވާފައެވެ.

ކޮމެންޓް

871x217_placeholder