ފަޒުލް ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކޮށްފި


24 ޑިސެމްބަރު 2024 - 09:34
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ހިންގަމުންދާ ތަޙުޤީޤުގެ ތެރެއިން، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކޮށްފިއެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، އެ ގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، ރޭގެ ވަގުތެއްގައެވެ.
މިގެ ބަލައި ފާސްކުރުމުގައި ތަޙުޤީޤަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަކީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކަމަށްވާއިރު، މި މަޝްރޫޢާ ގުޅިގެން ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭ ޤާނޫނާ ޚިލާފު ޢަމަލުތަކެއްގެ މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.
މި ތަހުގީގު ހިނގަމުން ދަނިކޮށް ތުހުމަތުތަކަށް އިންކާރުކުރުމަށްފަހު ފަޒުލް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާދެއްވާފައެވެ.
ފަޒުލް އިސްތިއުފާ ދެއްވުމުން މިދިޔަ އާދިއްތަ ދުވަހު، އެ ކުންފުނީގެ އެމްޑީ ކަމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ވަނީ އައްޔަނުކޮށްފައެވެ.
އިތުރު ލިޔުންތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ކިޔޮކްސްކް ކުއްޔަށް ދޫކުރަން ހުޅުވާލައިފި
8 މަސް ކުރިން
ހުޅުމާާލޭގައި ޕާކިންއަށް ޚާއްސަ 12 ޢިމާރަތެއް އަޅަނީ
8 މަސް ކުރިން.jpg&w=3840&q=75)
ހުޅުމާލޭގެ ދުވާރު މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ
8 މަސް ކުރިން