logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ ސަހަރާ ކުރިމަތީ ބިން ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރަން ދެނީ

މަރިޔަމް ޔަނާ އަލީ
9 ސެޕްޓެމްބަރު 2024 - 14:26
ޅަނދުތައް ޕާކުކުރަން ޚާއްސަކުރި ބިމުގައި މިނިސްޓަރު އަމީން: އެ ބިމުގެ 50،000 އަކަފޫޓު ޚާއްސަ ކުރަނީ ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް --- ފޮޓޯ/ޓްރާންސްޕޯޓު މިނިސްޓްރީ
ޅަނދުތައް ޕާކުކުރަން ޚާއްސަކުރި ބިމުގައި މިނިސްޓަރު އަމީން: އެ ބިމުގެ 50،000 އަކަފޫޓު ޚާއްސަ ކުރަނީ ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް --- ފޮޓޯ/ޓްރާންސްޕޯޓު މިނިސްޓްރީ

ހުޅުމާލޭ ސަހަރާ ކުރިމަތީ އޮންނަ ބިން ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރަން ހާއްސަކޮށްފިއެވެ.

ދަތުރުފަތުރާ އެތެރޭގެ އުދުހުންތަކާ ގުޅޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވީ، ސަހަރާ ކުރިމަތީ އޮންނަ ބިން ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކް ކުރުމަށް ހާއްސަކުރީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ސަރަހައްދުން ބަޔެއް ޕާކިންއަށް ހާއްސަކުރާއިރު ހުޅުމާލޭ މަގުމަތީ ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކޮށްފައި ބެހެއްޓުމަށް ވެސް އެ ބިމުން ވަކި ސަރަހައްދެއް ހާއްސަ ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެ ބިމަކީ 90،000 އަކަފޫޓުގެ ބިމަކަށްވާއިރު އޭގެތެރެއިން 50،000 އަކަފޫޓު ހާއްސަ ވާނީ ޕާކިންއަށެވެ. އަދި 40،000 އަކަފޫޓު ބޭނުންކުރާނީ އުޅަނދުތައް ޓޯވް ކުރުމަށެވެ.އެ ސަރަހައްދުގެ ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ އެ ބިމުގައި ޕާކު ކުރަން ހުޅުވާލާނެ އެވެ.

ހުޅުމާލޭގައި އުޅަނދު ޕާކު ކުރަން ވަކި ސަރަހައްދުތަކެއް ހާއްސަކޮށް ކުލި ދައްކައިގެން އުޅަނދު ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން އަގު ދައްކާގޮތަށް އަދި ނުދައްކާ ގޮތަށް ވެސް ޕާކު ކުރާނެ ޖާގަ ހަމަޖައްސަން ނިންމާފައިވާ ކަމަށް އެޗްޑީސީ އިން ވަނީ މީގެ ކުރިން ބުނެފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި މަސް ނިމުމުގެ ކުރިން ލ. އަދި މ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީޚަބަރު | 4 ދުވަސް ކުރިންތިލަމާލެ ބްރިޖުގެ ކަނޑުއޮޅިތަކުން ދަތުރު ނުކުރަން އެންގި އެންގުން ތަކުރާރުކޮށްފިޚަބަރު | 13 ދުވަސް ކުރިންއެޗްޑީސީގެ "ސިލްވަ ޖުބްލީ" ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް!ޚަބަރު | 14 ދުވަސް ކުރިންފ. އާއި ދ. އަތޮޅުގައި އާރުޓީއެލް ދަތުރުތަކަށް އަގު ނަގާނެ ރޭޓުތައް އާންމުކޮށްފިޚަބަރު | 18 ދުވަސް ކުރިން