logo
Bank of Maldives

Bank of Maldives

ޚަބަރު

އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު އާ ގަވާއިދަށް ބަދަލުކުރަން ބާކީ އެއް މަސްދުވަސް: ފުލުހުން

މަރިޔަމް މާޙީ
14 އޭޕްރީލު 2026 - 04:03
އިލެކްޓްރިކް ޓެކްސީގެ ހިދުމަތެއް ތައާރަފުކުރުމަށް ޓަކައި ރާއްޖެ ގެނެސްފައިވާ ކާރުތަކުގައި ފެހި ނަންބަރު ބޯޑު ހަރުކޮށްފައި--- ފޮޓޯ: އެމްޓީސީސީ
އިލެކްޓްރިކް ޓެކްސީގެ ހިދުމަތެއް ތައާރަފުކުރުމަށް ޓަކައި ރާއްޖެ ގެނެސްފައިވާ ކާރުތަކުގައި ފެހި ނަންބަރު ބޯޑު ހަރުކޮށްފައި--- ފޮޓޯ: އެމްޓީސީސީ

އާ ގަވާއިދާ އެއްގޮތަށް އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު ބަދަލުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

އެއްގަމު އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ގެނައި 7 ވަނަ އިސްލާހާއެކު، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ އިލެކްޓްރިކް ވެހިކަލްތަކެއްގެ ނަންބަރު ބޯޑު އާ ގަވާއިދާ އެއްގޮތަށް ބަދަލުކުރުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީހަކީ 15 މެއި 2026އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ހުރިހާ އިލެކްޓްރިކް އުޅަނދުތަކެއްގެ ނަންބަރު ބޯޑު "ގްރީން ނަންބަރު ބޯޑު" ނުވަތަ ފެހި ކުލައިގެ ބޯޑަށް ބަދަލުކުރަން ޖެހޭނެ އެވެ.

ދިވެހިރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ނިންމެވި މި ނިންމެވުން އިއުލާންކުރައްވަމުން މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވީ، މިއީ ރާއްޖޭގައި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ބިނާކުރުމަށްޓަކައި ފެށި މުހިންމު މަޝްރޫއެއް ކަމަށެވެ.

އަމިއްލަ އިލެކްޓްރިކް ކާރެއްގައި ނަމަ ނަންބަރު ބޯޑު ބޭނުންކުރަންޖެހޭނީ ފެހި ކުލައިގެ ބޯޑެއްގައި ހުދު އަކުރުންނެވެ. އަދި އިލެކްޓްރިކް ޓެކްސީ އެއް ނަމަ ފެހި ކުލައިގެ ބޯޑެއްގައި ރީނދޫ އަކުރުން ލިޔެގެންނެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިމާވެށީގެ ރައްކާތެރިކަމަށް ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ އެއްގޮތަށް، ދުނިޔޭގެ މޫސުމީ ސަމިޓް (ކޮޕް29) އަށްފަހު ހަކަތަ އިސްރާފުކުރުން ކުޑަކުރުމަށް ފެށި މަސައްކަތެކެވެ.

މި މަސައްކަތުގެ ދަށުން މުޅިން އިލެކްޓްރިކް ޓެކްސީގެ ހިދުމަތް ތައާރަފުކުރުމަށް ޓަކައި 150 އަށްވުރެ ގިނަ އުޅަނދު ރާއްޖެ ގެނެސް، އެ ހިދުމަތް ވެސް ސަރުކާރުން ވަނީ ފަށައިފައެވެ.

ރާއްޖޭގައި މިހާރު އުޅަނދުތަކުގެ ނަންބަރު ބޯޑު ބޭނުންކުރަނީ، އަމިއްލަ އުޅަނދުތަކުގައި ކަޅު ބޯޑު، ޓެކްސީތަކުގައި ރީނދޫ ބޯޑު، ސިފައިންގެ އުޅަނދުތަކުގައި ހުދު ބޯޑު އަދި ޑިޕްލޮމެޓިކް އުޅަނދުތަކުގައި ބޭނުންކުރަނީ ނޫ ބޯޑެވެ. އަލަށް ތައާރަފުކުރި ފެހި ބޯޑަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ވަކިން ފާހަގަކުރުމަށް އިތުރުކުރެވުނު ކުލައެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެންވޭރު ފެރީ ޓަރމިނަލުން ނޯތު ހާބަރަށް: މި ދޫކޮށްލެވުނީ ފަސޭހައާއި ތަރައްގީގެ އުފާލިބިދިން ހަމަޖެހުމުގެ ނޭވާއެއްރިޕޯޓް | 41 މިނިޓު ކުރިންއަމާޒަކީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ކްރިއޭޓަރ އެކޮނޮމީ އިން ޖީޑީޕީއަށް 2030ގެ ނިޔަލަށް 15% ހިއްސާކުރުން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންބޮޑުތަކުރުފާނު މަގު އަލަށް ތަރައްގީ ކުރި ބައި މިއަދު ހުޅުވާލަނީޚަބަރު | 8 ގަޑިއިރު ކުރިންޕޮލިސް މެމޯރިއަލް ޑޭ: ފުލުހުންގެ އަގުހުރި ޚިދުމަތާއި މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރާ ދުވަހެއްރިޕޯޓް | 20 ގަޑިއިރު ކުރިން