logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގެ ދުވާރު މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ

މަރިޔަމް ޔަނާ އަލީ
2 ސެޕްޓެމްބަރު 2024 - 12:29
އެޗްޑީސީން ހުޅުމާލޭގެ ދުވާރު މަރާމާތުކުރަނީ -- ފޮޓޯ/ އެޗްޑީސީ
އެޗްޑީސީން ހުޅުމާލޭގެ ދުވާރު މަރާމާތުކުރަނީ -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭ ފޭސް 1 އަދި ފޭސް 2ގެ ދުވާރު މަރާމާތު ކުރުމުގެ ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން އެ މަސައްކަތް ފަށާފައިވަނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް އެ ކުންފުނިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިވަގުތު މަސައްކަތް ކުރިއަށްދާ މަގުތަކުގެ ތެރޭގައި ނިރޮޅުމަގު 19، އޮނުގަސް މަގު އަދި ޖަވާހިރުގަސް މަގު ހިމެނެއެވެ.

މީގެ އިތުރުން، ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭނެހެން ވޯކްވޭއެއް ގާއިމްކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ދަނީ ކުރަމުންނެވެ.

ހުޅުމާލެއަކީ ހިތްފަސޭހަތަނަކަށް ހެދުމަށް އެޗްޑީސީއިން އިސްނަގައިގެން ކުރާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ އެކި މުއައްސަސާތަކާ ގުޅިގެން ވެސް އެކި މަސައްކަތްތައް ދަނީ ކުރަމުންެނެވެ. އެގޮތުން ހުޅުމާލެ ސިނާޢީ ސަރަހައްދުގައި ހަލާކުވެ ވީރާނާވަން ދޫކޮށްފައިހުރި ވވެހިކަލްތައް ނަގައި، އެތަން ސާފުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ކޮށްފައެވެ. އެ މަސައްކަތް އެ ކުންފުނިން ކުރީ ފުލުހުން އަދި މޯލްޑިވްސް ޕޯސްޓް ވެސް ގުޅިގެންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ޗެނަލް ޕާކަށް ތަފާތު މެހެމާނުންތަކެއް، ކޯމަސް އައިނެއްވަދެ މީހުން އާސޯޚްކޮށްލައިފިޚަބަރު | 5 ދުވަސް ކުރިންކަނބަލުންނަށް ހާއްސަކޮށް ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއް އެޗްޑީސީން ކުރިއަށްގެންދަނީޚަބަރު | 13 ދުވަސް ކުރިންކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެންގުމަށް ސްޓެލްކޯ އިން އެދިއްޖެޚަބަރު | 13 ދުވަސް ކުރިންހުޅުމާލޭގެ ފޭސް 1 ގެ ވޯޓަރ ޕާކް ތެރޭގައި އަލިފާން ރޯވެއްޖެޚަބަރު | މަހެއް ކުރިން