logoEN
ޚަބަރު

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން ސާފުކުރުމުގެ މަސައްކަތް ފަށައިފި

އެޗްޑީސީން ހުޅުމާލެ ފޭސް ދޭއްގެ އިންޑަސްޓްރިއަލް ޒޯން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

އެޗްޑީސީން ހުޅުމާލެ ފޭސް ދޭއްގެ އިންޑަސްޓްރިއަލް ޒޯން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު

31 އޯގަސްޓު 2024 - 11:18

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ބާވެ ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެ އަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ބާވެ ހަލާކުވެފައިވާ އުޅަނދުތައް ނަގައި ސާފުކުރަން މިހާރު ފަށާފައިވާ ކަމަށެވެ.އެ ކޯރޕަރޭޝަނުން މި މަސައްކަތް ފަށާފައިވަނީ ކަމާބެހޭ އިދާރާތަކާގުޅިގެންނެވެ. މީގެ ތެރޭގައި ދަތުރުފަތުރާބެހޭ ވުޒާރާއާއި، ފުލުހުންނާއި، އެމްޕީއެލްގެ އިތުރުން މާލޭ ސިޓީ ކައުންސިލާއި ވެމްކޯއިން އަންނަނީ މިކަމުގައި އެޗް.ޑީ.ސީއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެޗްޑީސީން މިމަސައްކަތް ފަށާފައި މިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގައި މަދިރި އުފެދޭ ގޮތަށާއި ގަވާއިދާއި ހިލާފަށް ދުވާރު މަތީގައި ތަކެތި ބަހައްޓާފައި ހުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫތަކާއި ކުރިމަތިވުމުގެ އިތުރުން ނުރައްކާތެރި ބަލިތައް ފެތުރިދާނެތީ އެކަމުން ސަލާމްތަވުމުގެ ގޮތުންނެވެ.

ކޮމެންޓް

871x217_placeholder