އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހި -- ފޮޓޯ/ ދެން
.jpg&w=3840&q=75)
07 ސެޕްޓެމްބަރު 2024 - 05:07
ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއަދު ހެނދުނު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކާރެއްގައި ޖެހި އަދި ފާރެއްގައި ޖެހިގެންނެވެ. އެ ޙާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް ވަނީ ސީރިއަސް ގިނަ އަނިޔާތަކެއް ލިބިފައެވެ.
އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނި ގޮތުގައި، އެ ޙާދިސާގައި ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސަންސެއް ވެސް ނެތެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެންނަ ގޮތުން، އޭނާ ކޮންޓްރޯލުނުވެ ގޮސް ފާރަށް އަރައިފައިވެއެވެ. އެގޮތުން އޭނާ ވެއްޓިފައި އޮތް އިރު، ފާރުގައި އަދި ހިނގާރުމަތީގައި ގިނަ އަދަދެއްގެ ލޭ ވެސް ހުއްޓެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މިއީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ހިނގި އެފަދަ ދެވަނަ އެކްސިޑެންޓެވެ. އެގޮތުން ހުކުރު ދުވަހުގެ ފަތިހު ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި މީހަކު ނިޔާވެފައިވެއެވެ. އެ މީހާ ނިޔާވީ އެ އެކްސިޑެންޓުގައި ލިބުނު އަނިޔާއަށް ފަރުވާކުރަން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.
އިތުރު ލިޔުންތައް

ހުޅުމާލޭގައި އިސްރަށްވެހިންގެ މަރުކަޒެއް މިމަހު ހުޅުވަނީ
8 މަސް ކުރިން
ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
8 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
7 މަސް ކުރިން