logoEN
ޚަބަރު

އެޗްޑީސިީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތައިލަން އުޅުނު ކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު -- ފޮޓޯ: އެޗްޑީސީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

22 ޖެނުއަރީ 2025 - 06:49

ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުރަނީ، އެކުންފުނީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތައިލަން އުޅުނުކަމުގެ ތުހުމަތުކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން އެފަދައިން ބުނީ، މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ތެރެއިން ނުހައްގުން ބަޔަކަށް ގޯތި ދިނުމުގެ މައްސަލައިގައި، ފަޒުލްއާ މެދު ބަލަމުންދާ މައްސަލައިގައި މީޑީޔާތަކަށް ފޮނުވި މެސެޖެއްގައެވެ.

އެގޮތުން ފުލުހުން ބުނި ގޮތުގައި، ބިންވެރިޔާގެ ސްކީމާ ގުޅިގެން ބަލަމުންދާ މައްސަލައިގައި ފަޒުލްގެ ބަޔާން މިހާރު ނަގާފައިވާ ކަމަށާއި، އަދި ވެސް އޭނާ ފުރުން މަނާކުރުމަށް ނެރުނު ދެމި އޮތް ކަމަށެވެ.

އެގޮތުން ފަޒުލްގެ މައްޗަށް ކުރަނީ އެޗްޑީސީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތައިލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ކަމުގައި ފުލުހުން ބުންޏެވެ.

ފަޒުލްއާ ގުޅޭ އެފަދަ މައްސަލައެއް ފެންމަތިވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަކަށް ގޯތި ދިންކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މިދިޔަ މަހުގެ ތެރޭގައެވެ. އެ މައްސައިގައި ނުހައްގުން ގޯތި ދީފައިވާ ކަމަށް ތުހުމަތުކުރެވޭ އެއް ފަރާތަކީ ފަޒުލްގެ ކޮއްކޮ އަދި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑީއެމްޑީ، އިބްރާހިމް ފަޒީލް ރަޝީދުއެވެ.

އެ މައްސަލަ ފެންމަތިވުމާ ގުޅިގެން، ތަހުގީގަށް ޖާގަ ދިނުމަށް ކަމުގައި ވިދާޅުވެ، ފަޒުލް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ފަޒުލް އެ މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މުޙައްމަދު މަޢުރޫފް ޖަމީލު ވަނީ އައްޔަނުކުރައްވާފައެވެ.

ކޮމެންޓް

871x217_placeholder