logo
ޚަބަރު

ގީލާގެ ސަފީރުކަމުގެ ފަތްކޮޅު ނެދަލޭންޑްސްގެ ރަސްގެފާނަށް އަރުވައިފި

އާމިނަތު ޝަފާ
27 މާރިޗު 2025 - 07:04
ގީލާގެ ސަފީރުކަމުގެ ފަތްކޮޅު ނެދަލޭންޑްސްގެ ރަސްގެފާނަށް އަރުވައިފި

ދިވެހިރާއްޖެ އިން ނެދެލަންޑްސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ނެދެލެންޑްސްގެ ރަސްގެފާނު ވިލްއެމް-އެލެގްޒެންޑަރ އަށް މިއަދު ހެނދުނު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދަ ހޭގުގައި ހުންނަ 'ނޫރުދެއިންދް' ޕެލަސްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ޕްރައިވެޓް އޯޑިއަންސްގައި ސަފީރު ޤީލާ އަލީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ނެދަލެންޑްސްގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާއި ނެދެލެންޑްސް އާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެކަމަނާ އެރުވިއެވެ.

 

ދިވެހިރާއްޖެއާއި ނެދެލަންޑްސް އާ ދެމެދު އޮތް ގުޅުމަށް 45 އަހަރު ވެފައިވާއިރު، ފަތުރުވެރިކަމަށާއި ތަރައްޤީގެ މަޝްރޫޢުތަކުގައި ނެދެލަންޑްސް އަކީ މުހިންމު ބައިވެރިއެކެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޤީލާ އަރިހުގައި އެކަމަނާގެ ފިރިކަލުން އަބްދުﷲ މުޝްރިފް އަދި ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، މުހައްމަދު ޝައްފާއު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްޖިދުލްއަޤްސާގެ ހުރުމަތް ކަނޑާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި ޚަބަރު | މަހެއް ކުރިންފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އދ. ގައި ބާއްވާ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީޚަބަރު | މަހެއް ކުރިންނިއުޒިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފިޚަބަރު | 2 މަސް ކުރިންސަލްމާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިސް ކޮންފެޑެރޭޝަންގެ ރައީސްއަށް އަރުވައިފި ޚަބަރު | 2 މަސް ކުރިން