ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ބްރޯޑްކޮމް ގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


06 އޭޕްރީލު 2025 - 07:09
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނުގައި ބުނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރަކު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން މި މަހުގެ 15 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން އައްޔަން ކުރާނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުއްވެވުމުން މަޖިލީހުންނެވެ. މެންބަރުން އައްޔަން ކުރައްވާނީ އިންޓަވިއު ކުރުމަށްފަހު ލިބޭ މާކްސްއަށް ބެލުމަށްފަހުއެވެ.ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރަނީ 5 އަހަރުގެ ދައުރަކަށެވެ.
ބްރޯޑްކޮމްގެ މެންބަރުކަމުން ފަޒީން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ. އޭނާ އެމަޤާމުން އިސްތިއުފާދެއްވީ، އޭނާ އެމަޤާމުން ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މައްސަލައެއް ބަލައި އޭނާ މަޤާމުން ވަކިކުރުމަށް ނިންމާފައިވަނިކޮށެވެ.
އިތުރު ލިޔުންތައް

މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިން އިން ފެތުރީ ދޮގު ޚަބަރެއް: ތަރުޖަމާނު
8 މަސް ކުރިން
ކެބިނެޓަށް ބަދަލުތަކެއް ގެންނަވައިފި
8 މަސް ކުރިން
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ އަންނަ ހޮނިހިރު ދުވަހު އޮންނާނެ
8 މަސް ކުރިން