logoEN
ޚަބަރު

އޮޅުހިޔާގެ ކޮށިތަކުގައި ހަރުކޮށްފައިވާ ދާގަނޑުތައް ރަނގަޅުކޮށް ބޭނުންވާ ސާމާނުތައް ހަމަކުރަނީ

އާމިނަތު ސަފާއާމިނަތު ސަފާ

07 އޭޕްރީލު 2025 - 08:20

އޮޅުހިޔާގެ ކޮށިތަކުގައި ހަރުކޮށްފައިވާ ދާގަނޑުތައް ރަނގަޅުކޮށް ބޭނުންވާ ސާމާނުތައް ހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ވުޒާރާއިން ބުނީ މިގޮތުން މި ފާއިތުވި ބަންދު ތެރޭގައިވެސް ވުޒާރާގެ މުވައްޒަފުން ވަނީ އޮޅުހިޔާގެ އާބާތުރަފިލުވާ، އެތަނަށް ބޭނުންވާ ސާމާނުތައް ހަމަކުރުމުގެ މަސައްކަތް، ކަމާއި ގުޅުންހުރި ޖަމިއްޔާތަކާއި ގުޅިގެން ކޮށްފައިކަމަށެވެ.

އޮޅުހިޔާ މި ވުޒާރާއާއި ހަވާލުކުރި ވަގުތުން ފެށިގެން އެތަނަށް ބުޅާތައް ގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތައް އައީ ކުރަމުންކަމަށާއި އެގޮތުން ބުޅާ ބޭތިއްބުމަށް ކޭޖްތައް ތައްޔާރުކުރުމާއި، ބުޅާތައް ބައިތިއްބާ ކޮށިތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް ތައް އައީ ކުރަމުންކަން ވުޒާރާއިން ފާހަގަކުރެއެވެ،.

އަދި ފުރަތަމަ ބެޗްގައި 15 ބުޅާ އޮލުހިޔާއަށް ލިކަން އިއްޔެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި އެ ބުޅާތައް 4 ކޮށްޓަކަށް ވަނީ ބަހާލާފައިކަމަށާއި އެގޮތުން އެއްކޮށްޓެއްގައި ކުދި ބުޅަލާއި އޭގެ މައިން، ދެވަނަ ކޮށީގައި އަންހެން ބުޅާ، ތިންވަނަ ކޮށީގައި ފިރިހެން ބުޅާ، އަދި ހަތަރުވަނަ ކޮށީގައި ބަލި ހާލަތު ބޮޑުވެފައިވާ ބުޅާތައް ވަނީ ބައިތިއްބާފައެވެ.

މި ގޮތަށް ކޮށިތަކަށް ބަހާލައިގެން ބުޅާތައް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ދިޔައިރު ދެން ފާހަގަވީކަމަކީ ކޮށީގައި ޖަހާފައި ހުރި ދާތުކުގެ ގޮޅިތަކުން، ކުދި ބުޅާތައް ނިކުމެވޭކަން ފާހަވިކަމަށާއި އެހެންކަމުން އެކޮށީގެ ދައުގަނޑުގެމަތިން ގޮޅި ކުދި ދާގަނޑެއް މިހާރުވަނީ ހަރުކުރެވިފައިކަމަށް ވުޒާރާއިން ބުނެއވެެ. އަދި ވިއްސާރަ ދުވަސްވަރު ބައެއް ކޮށިތަލަށް ފެން ވިއްސާ، ފެން ހެދުމުގެ ފުރުސަތު ބޮޑުކަންވެސް ވަނީ ފާހަގަވެފައިވާތީ އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ވުޒާރާއިން ބުނެެއެވެ.

އެހެންކަމުން އޮޅުހިޔާގެ އިތުރު ކޮށިތަކުގެ ރަގަޅުކުރަން ޖެހޭކަންކަން ބަލައި ރަނގަޅުކުރުމުގެ މަސައްކަތް މިހާރުވެސް ވުޒާރާއިން އަންނަނީ ކުރަމުންނެވެ. އަދި އެކަންކަން ރަގަޅު ކުރެވެމުން ދާވަރަކަށް އިތުރު ބުޅާތައް އޮޅުހިޔާއަށް ލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންކަމަށް ވުޒާރާއިން ބުނެއެވެ. އެގޮތުން މި ބަންދުތެރޭގައި އިތުރު 15 ބުޅާ އޮޅުހިޔާއަށް ގެނެވި މިހާރު ޖުމްލަ 30 ބުޅާ އޮޅުހިޔާގައި ބަލަހައްޓަމުން އެބަގެންދާކަމަށާއި އަދި އިތުރު ވަސީލަތްތައް ފުރިހަމަ ކުރެވޭ މިންވަރަކުން އޮޅުހިޔާއަށް އިތުރު ބުޅާތައް ގެނައުމުގެ މަސައްކަތް ކުރަމުން ދާނެކަން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް

871x217_placeholder