logoEN
ޚަބަރު

ބްލަޑް ސާރވިސަސްއަށް ޑީޖީއެއް ހޯދަން އިއުލާނުކޮށްފި

އާމިނަތު ސަފާއާމިނަތު ސަފާ

09 އޭޕްރީލު 2025 - 05:56

މޯލްޑިވިއަން ބްލަޑް ސާރވިސަސް އަށް ފަންނީ ގޮތުން ބޭނުންވާ ޑިރެކްޓަރ ޖެނެރަލް އެއް ހޯދަން އިއުލާންކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތަށް އިތުރަށް ހަރުދަނާކުރުމަށްޓަކައި ސިވިލް ސާރވިސްގެ ތެރޭގައި (އެހެން އިދާރާއެއްގައި) މަސައްކަތް ކުރައްވަމުން ގެންދިޔަ ޑިރެކްޓަރ ޖެނަރަލެއް ހަމަޖައްސައި އެބޭފުޅާގެ ބެލުމުގެ ދަށުން ބްލަޑް ސަރވިސްގެ މަސައްކަތް މިހާރު ވަނީ ހަމަޖައްސާފައިކަމަށެވެ.

މި މަގާމަށް ސިވިލް ސަރވިސް އިން މިއަދު އިއުލާންކޮށްފައިވާއިރު މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ އެޕްރީލް 20 އިން މޭ 15 އާ ދެމެދުގައިކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓް

871x217_placeholder