logo
ޚަބަރު

ތައިލެންޑަށް ދަތުރުކުރާ ދިވެހިން ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް އިލްތިމާސްކޮށްފި

އާމިނަތު ޝަފާ
10 އޭޕްރީލު 2025 - 09:58
ތައިލެންޑަށް ދަތުރުކުރާ ދިވެހިން ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް އިލްތިމާސްކޮށްފި

ތައިލެންޑަށް ދަތުރުކުރާ ދިވެހިން ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް ދިވެހި ހާރިޖިއްޔާއިން އިލްތިމާސްކޮށްފިއެވެ.

ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން 01 މޭ 2025 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް  އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ހަމަޖައްސާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮންލައިން ފޯމް ފުރުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ލިންކް މެދުވެރިކޮށް ދަތުރަށް ފެށުމުގެ ތިން ދުވަހުގެ ތެރޭގައެވެ.

 https://tdac.immigration.go.th/arrival-card/#/home

ހާރިޖިއްޔާއިން ބުނީ މީގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާކަމަށެވެ. އަދި،  ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެކަމަށް ހާރިޖިއްޔާއިން މައުލޫމާތުދެއެވެ.

އެހެންކަމުން ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން، ދިވެހިރާއްޖެއިން ފުރައިވަޑައިގަތުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުއްވުމަށް ހާރިޖިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ރާއްޖެއިން ބޭރުގައި އުޅޭއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހާރިޖިއްޔާއިންވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްޖިދުލްއަޤްސާގެ ހުރުމަތް ކަނޑާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި ޚަބަރު | މަހެއް ކުރިންފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އދ. ގައި ބާއްވާ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީޚަބަރު | މަހެއް ކުރިންނިއުޒިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފިޚަބަރު | 2 މަސް ކުރިންސަލްމާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިސް ކޮންފެޑެރޭޝަންގެ ރައީސްއަށް އަރުވައިފި ޚަބަރު | 2 މަސް ކުރިން