logo
Bank of Maldives

Bank of Maldives

ޚަބަރު

ކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދެނީ

ކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމުގައި އެމްއެންޔޫ އަދި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ސޮއިކޮއްފި -- ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާ
ކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމުގައި އެމްއެންޔޫ އަދި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ސޮއިކޮއްފި -- ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާ

ކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ސޮއިކޮއްފިއެވެ.

މި ސްކޮލާޝިޕަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ ފަރާތުން ފަންޑުކޮށްގެން ކުރިއަށްގެންދާ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލޭންޑްސް (އެންދެރި) ޕްރޮޖެކްޓްގެ ދަށުން ދޫކުރެވޭ ސްކޮލޒށޝިޕެކެވެ. މި ފުރުސަތު ދޭން ހަމަޖެހިފައި ވަނީ، އެމްއެންޔޫގެ ލ. ގަމު ކެމްޕަހުގައި "ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް" ޕްރޮގްރާމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސްކޮލާޝިޕްގެ އެއްބަސްވުމުގައި، އެމްއެންޔޫގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. އަދިފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ޑައިރެކްޓަރ ޖެނެރަލް، މުޙައްމަދު ޒާހިރު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.

ދިރާސާގެ އަލީގައި މުޖުތަމަޢުގައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ހަރުދަނާ ދިރާސާ މާހަޢުލެއް ބިނާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު މަޤްސަދެކެވެ. މި މަޤްސަދު ހާޞިލުކުރުމަށް ދޫކުރެވޭ މިފަދަ ސްކޮލާޝިޕްތަކަކީ މޫސުމީ ބަދަލުތަކާއި ދިވެހިރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިރާސާ މެދުވެރިކޮށް، ޙައްލު ހޯދުމުގެ މަގުފަހިކޮއްދިނުމަށް ދޫކުރެވޭ ސްކޮލާޝިޕްތަކެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ-އޮސްޓްރޭލިއާ އިސް އޮފިޝަލުންގެ ދެވަނަ ބައްދަލުވުމުގައި ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް މަޝްވަރާކޮށްފި ޚަބަރު | 14 ދުވަސް ކުރިންޢިލްމީ ދިރާސާ ކުރުމަށް އެހީތެރިކަންދިނުމަށް ތިން މުއައްސަސާއަކަށް ގްރާންޓް ދީފިޚަބަރު | 20 ދުވަސް ކުރިންނައިފަރުގައި އެމްއެންޔޫގެ ކެމްޕަހެއް އަޅަން ހަވާލުކޮށްފިޚަބަރު | 21 ދުވަސް ކުރިން5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: 7 އަތޮޅަކަށް ހައިވަކަރު ގަސް ބަހަނީޚަބަރު | 2 މަސް ކުރިން