logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ-އޮސްޓްރޭލިއާ އިސް އޮފިޝަލުންގެ ދެވަނަ ބައްދަލުވުމުގައި ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް މަޝްވަރާކޮށްފި

އާމިނަތު ޝަފާ
4 ނޮވެމްބަރު 2025 - 06:26
ރާއްޖެ-އޮސްޓްރޭލިއާ އިސް އޮފިޝަލުންގެ ދެވަނަ ބައްދަލުވުމުގައި ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ގުޅުން ބަދަހިކުރުމަށް، ދެ ޤައުމުގެ ދެމެދު އިސް އޮފިޝަލުންގެ ދެވަނަ މަޝްވަރާ ބައްދަލުވުން ބާއްވައިފިއެވެ.

އޮސްޓްރޭލިއާގެ ވެރިރަށް ކެންބަރާގައި ބޭއްވުނު އޮސްޓްރޭލިއާ-ދިވެހިރާއްޖެ އިސް އޮފިޝަލުންގެ މަޝްވަރާތަކުގައި، ދިވެހިރާއްޖެއިން އެ ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމާއި ސަރަޙައްދީ މުހިއްމު އެހެނިހެން ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް ވަނީ މަޝްވަރާތައްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނިޔާޒާއި، ސްޓޭޓް މިނިސްޓަރު މުޙައްމަދު ފާއިޒާއި، ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ އެވެ. މި ބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެފަރާތަށް ވެސް ފައިދާހުރި ކަންކަމުގައި އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބިކަން ހާމަކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި، ޚާއްސަ ސަމާލުކަމެއް ދީފައިވަނީ މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމުގައި ދެޤައުމުގެ އެއްބާރުލުން އިތުރުކުރުމަށާއި، ސަރަޙައްދީ އެހެނިހެން މުހިއްމު ކަންކަމުގައި ގުޅިގެން ކުރިއަށް ދިއުމަށްކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމަކަށް ވުމުން، މި ދާއިރާއިން އޮސްޓްރޭލިއާގެ އެހީތެރިކަން ލިބުން ވަރަށް މުހިއްމުކަން ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

ވުޒާރާއިން ބުނީ މިފަދަ މަޝްވަރާތަކަކީ ދެޤައުމުގެ ގުޅުންތައް ބަދަހިކޮށް، ދެފަރާތަށްވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކޮށްދޭ ކަންކަމެވެ. މީގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެ، ކުރިއަށް އޮތްތަނުގައިވެސް ގިނަ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅާނެކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރުމުގެ ތާރީޚު ފަސްކޮށްފިޚަބަރު | 14 ދުވަސް ކުރިންވިލިމާލޭގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް، ރާއްޖޭގައި އެންމެ ގިނައިން ހައިވަކަރު ގަސް ހުރި ރަށަކަށް ވިލިމާލެޚަބަރު | 20 ދުވަސް ކުރިންރާއްޖެއާއި އިޓަލީއާ ދެމެދު ފަތުރުވެރިކަމުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިންރާއްޖެ-އޮސްޓްރޭލިއާ އިސް އޮފިޝަލުންގެ ދެވަނަ ބައްދަލުވުމުގައި ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް މަޝްވަރާކޮށްފި ޚަބަރު | 2 މަސް ކުރިން