logo
MPL

MPL

ޚަބަރު

އައު އަހަރުގެ ފެސްޓިވަލް، މިއަދު ފަށަނީ

އިސްމާޢިލް ރާތިޢު
30 ޑިސެމްބަރު 2025 - 11:15
އައު އަހަރުގެ ފެސްޓިވަލް، މިއަދު ފަށަނީ

ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރު ރާއްޖޭން ހޯދި ކާމިޔާބީތައް ފާހަގަކުރުމުގެ އިތުރުން، އައު އަހަރަށް މަރުހަބާ ކިއުމަށް ބާއްވާ "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް" މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެއެވެ.


ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ އިތުރުން، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާ އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން ބާއްވާ މި ފެސްޓިވަލް ކުރިއަށްދާނީ މިއަދު ހަވީރުން ފެށިގެން ޖަނަވަރޯ 1 ގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ އަހަރާ އެއްފަދައިން މިއަހަރުވެސް ޑްރޯން ޝޯވއެއްގެ އިތުރުން ހަވާއެރުވުމާއި ތަފާތު ސަގާފީ ހަރަކާތްތައް މި ފެސްޓިވަލުގެ ތެރެއިން ކުރިއަށްދާނެ އެވެ. އެއާއެކު، މި ފެސްޓިވަލުގައި ފުޑް ސްޓޯލްތަކެއްވެސް ބެހެއްޓިފައި ހުންނާނެ ކަމަށް ވިސިޓް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

މި ފެސްޓިވަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، މިދިޔަ އަހަރުގެ ކާމިޔާބީއަށް ބަލައި، މިއަހަރުގެ ފެސްޓިވަލުގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި ފެސްޓިވަލަކީ، މިއަހަރު ތެރޭ ހޯދުނު ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވާ ފެސްޓިވަލެއް ކަމަށްވެސް ޝިޢުރީ ވިދާޅުވިއެވެ.

މިއަހަރުގެ މި ފެސްޓިވަލަކީ ފަތުރުވެރިކަމުގެ ކާމިޔާބީތަކުގެ ތެރެއިން އެންމެ ބޮޑެތި ހިއްސާދާރުން ކަމުގައިވާ ފަތުރުވެރިކަމުގެ މަސައްކަތްތެރިންނާއި، އިންޑަސްޓްރީ ޕާޓްނަރުންނާއި، ލޯކަލް ކޮމިއުނިޓީތަކުގެ އަގު، ގައުމީ ފެންވަރުފައި ފާހަގަކުރުމަށް ބާއްވާ ފެސްޓިވަލެއް ކަމަށް ވިސިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ފެސްޓިވަލަކީ، ދިވެހީންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށްވެސް ބައިވެރިވެވޭނެ، ހުރިހާ ޢުމުރުފުރައަކާ ގުޅޭ، މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާއެކު ކުރިއަށް ގެންދެވޭނެ ފެސްޓިވަލެއް ކަމަށް ވިސިޓް މޯލްޑިވްސްއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޓީސީސީ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާކޮށްފިޚަބަރު | 2 ދުވަސް ކުރިން މާލީ ގޮތުން އެޗްޑީސީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިޚަބަރު | 3 ދުވަސް ކުރިންއަމާން ދޯދި ޓަވަރުތައް ކައިރި ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިޚަބަރު | 15 ދުވަސް ކުރިންލަކުޑިޖެޓީގެ މަރާމާތް އަވަސްކޮށް ވީއެންމެ އަވަހަކަށް ހުޅުވާލާނަން: އެޗްޑީސީޚަބަރު | 20 ދުވަސް ކުރިން