ވޯލްޑް ޓްރެވަލް އެވޯޑްސް ކާމިޔާބު ކުރުމަށް ފަތުރުވެރިނާއި އާންމުންގެ އެއްބާރުލުމަށް އެދެފި
21 އޮކްޓޯބަރު 2026 - 11:47

ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގައި ރާއްޖެ ފަސް ދާއިރާއިން ނޮމިނޭޓްވެ، ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ ލަޤަބު ހަތްވަނަ ފަހަރަށް ކާމިޔާބު ކުރުމަށް ވޯޓުލުން މިހާރު ހުޅުވާލައިފައިވާއިރު، ވޯލްޑް ޓްރެވަލް އެވޯޑްސް ކާމިޔާބު ކުރުމަށް ޓަކައި ދިވެހި ރައްޔިތުންނާއި ފަތުރުވެރިންގެ އެއްބާރުލުމާއި ވޯޓު ދިނުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިން ވަނީ އެދިފައެވެ.
ވޯޓު ދިނުމުގެ މަރުހަލާގައި ވޯޓު ދިނުމަށްޓަކައި، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް، ގައި ރަޖިސްޓްރީވެ، "ވޯލްޑް" ކެޓަގަރީ އިޚްތިޔާރުކޮށް، ރާއްޖެ ނޮމިނޭޓްވެފައިވާ ދާއިރާތަކަށް ވޯޓު ދެވޭނެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޕްރެސް ރިލީޒުގައި ބުނެފައިވާގޮތުގައި، ރާއްޖެ ނޮމިނޭޓްވެފައިވާ ދާއިރާތަކަކީ ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިންގ ޑައިވް ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން، އަދި ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑު – ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ލަގަބުތަކެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ، ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އެވޯޑެކެވެ. ނަތީޖާ ކަނޑައަޅާނީ ދާއިރާގެ ފަންނީ ބޭފުޅުންނާއި އާންމު ރައްޔިތުންގެ ވޯޓުންނެވެ.
ރާއްޖެ 2020 ވަނަ އަހަރުން ފެށިގެން، ވޭތުވެދިޔަ ހަ އަހަރު ދުނިޔޭގެ މަޤުބޫލު މަންޒިލްގެ މަގާމު ދަމަހައްޓަމުން އަންނަކަމަށް ރިލީޒުގައި ބުނެފައިވެއެވެ.
އެގޮތުގެ މަތިން ރިލީޒުގައި ބުނެފައިވާގޮތުގައި، މި ނޮމިނޭޝަންތަކަކީ ރާއްޖޭގެ ރީތި ރަށްތަކާއި، ސާފު ފަޅުތަކާއި، ކަނޑުއަޑީގެ ދިރުންތަކާއި، މެހެމާންދާރީ ސިނާޢަތުގެ މަސައްކަތްތެރިންގެ މަސައްކަތުގެ ނަތީޖާއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކުރުމަށާއި އައު މާކެޓްތަކަށް ރާއްޖެ ތައާރަފުކުރުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑު ނޮމިނޭޝަން ވަނީ ރާއްޖެ ކާމިޔާބުކޮށްފައެވެ.

-01.jpg&w=3840&q=75)
