މިއަހަރުގެ މާޗުމަހުގެ ނިޔަލަށް 492 މީހުން ދުންފަތް ހުއްޓާލުމަށް ފަރުވާ ހޯދި


17 އޭޕްރީލު 2025 - 13:46
މިދިޔަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން މިއަހަރުގެ މާޗުމަހުގެ ނިޔަލަށް 492 މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ފަރުވާ ހޯދި ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެ މުއްދަތުގައި އައިޖީއެމްއެޗްއިން 288 މީހަކު ފަރުވާ ހޯދާފައިވާއިރު ހުޅުމާލެ ހޮސްޕިޓަލުން 110 މީހުން ، ދަމަނަވެށިން 74 މީހުން އަދި އޭޑީކޭ ހޮސްޕިޓަލުން 20 މީހަކު ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ފަރުވާ ހޯދާފައެވެ.
ދިވެހި މުޖުތަމައު ދުންފަތާ ދުރުކުރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ވަނީ ނިންމާފައެވެ.
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިޔާ، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލެއްވިއެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި މިފަދަ ފުރަތަމަ ޕޯލެވެ. ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
އިތުރު ލިޔުންތައް

ލައިސެންސެއް ނުހޯދާ ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ
8 މަސް ކުރިން
ސިއްހީ ހިދުަމަތުގެ ތަކުލީފު ނައްތާލަން 5 ހޮސްޕިޓަލް ގާއިމުކުރަން ބަޖެޓުގައި ހިމަނައިފި
7 މަސް ކުރިން
ސިއްހީ ދާއިރާގެ ދިރާސާތައް ހިމެނޭ ދިހަވަނަ ވޮލިއުމް ނެރެފި
4 މަސް ކުރިން